މިއަންމާގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންތަކެއް ދަތުރު ކުރި ބޯޓެއް އަޑިއަށް ގޮސް ގިނަ ބަޔަކު މަރުވެ، ގެއްލިއްޖެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އެ ބޯޓު ދަތުރު ކުރީ މިއަންމާގެ އައްސޭރި ފަށުގެ ސަރަހައްދުން މެލޭޝިއާއަށެވެ. 90 މީހުންނާއި އެކު ދަތުރު ކުރި މީހުންގެ ތެރެއިން މިއަންމާގެ ކަމާ ބެހޭ ފަރާތްތަކަށް ސަލާމަތް ކުރެވިފައިވަނީ20 މީހުންނެވެ.
މި ހާދިސާގައި ގެއްލުނު މީހުންގެ އަދަދާއި މަރުވި މީހުންގެ އަދަދު އަދި ނޭނގެ އެވެ. އެކަމަކު އޭގެތެރެއިން ބަޔަކު މަރުވެފައިވާކަމަށް މިއަންމާ ސަރުކާރުން ބުނެފައިވެ އެވެ.
އެ ބޯޓު ދަތުރަށް ފެށި އިރުވެސް މިއަންމާ ހިމެނޭ ސަރަހައްދަށް ވަރަށް މޫސުން ގޯހެވެ. ރިޕޯޓުތައް ބުނާގޮތުގައި ބޯޓު އަޑިއަށް ދިޔައީ މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން ކަމަށެވެ.
މިއަންމާގައި އަދިވެސް ރޮހިންޖާ ދަރިކޮޅުގެ ހަ ލައްކައަށްވުރެ ގިނަ މުސްލިމުން އެބަތިއްބެވެ. ދޭތެރެ ދޭތެރެއިން އެމީން ދަނީ އެ ގައުމު ދޫކޮށް ގޮސް ރެފިއުޖީންގެ ގޮތުގައި އެހެން ގައުމުތަކަށް އެތެރެވަމުންނެވެ.
ބުދިސްޓު ސަރުކާރެއް އޮންނަ މިއަންމާ ސަރުކާރުން ގަބޫލު ކުރާގޮތުގައި ރޮހިންޖާ ދަރިކޮޅު މީހުންނަކީ އެ ގައުމުގެ ރައްޔިތުންނެތް ނޫނެވެ. މިއަންމާ ސަރުކާރުން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެމީހުންނަކީ ބަންގްލަދޭޝް ބަޔަކަށް ވާތީ އެ ގައުމުން އަބަދުވެސް ބަލާނީ އެއީ ރިފުޖީންގެ ގޮތުގައި ކަމަށެވެ.
ރޮހިންޖާ މީހުންގެ އަތުގައި މިއަންމާ ރައްޔިތުންކަން އަންގައިދޭ އެއްވެސް ލިޔުމެއް ނޯވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް