ސޮބުރީގެ ފޫކޮޅުގައި ހަރުފައެއް ދަތް އެޅި ވާހަކަ ދެ މަސް ފަހުން ޓްވިޓާއަށް !

މިއީ މި އަހަރުގެ މާރިޗް މަހުގެ ތެރޭގައި އިންޑޮނޭޝިޔާގެ ރައްޔިތެއް ކަމަށްވާ ސޮބްރީ ތަޒާ އަލީއަށް ދިމާވި ބިރުވެރި ހާދިސާއެއްގެ ވާހަކައެވެ. ކޮންމެވެސް ސަބަބުތަކަކާހުރެ އޭނާ މިވާހަކަ އާންމުންތެރޭގައި ނުދަ...

24 May 2022 | 07:39

މިއީ މި އަހަރުގެ މާރިޗް މަހުގެ ތެރޭގައި އިންޑޮނޭޝިޔާގެ ރައްޔިތެއް ކަމަށްވާ ސޮބްރީ ތަޒާ އަލީއަށް ދިމާވި ބިރުވެރި ހާދިސާއެއްގެ ވާހަކައެވެ.

ކޮންމެވެސް ސަބަބުތަކަކާހުރެ އޭނާ މިވާހަކަ އާންމުންތެރޭގައި ނުދައްކާހުރެފައި މީގެ ދެ ދުވަސްކުުރިން މި ހާދިސާގެ ވާހަކަ އޭނާ ވަނީ ޓްވިޓާގައި ހިއްސާކޮށްފައެވެ.

އުމުރުން 28 އަހަރުގެ ސޮބްރީ ބުުނެފައިވާގޮތުގައި އޭނާއަކީ ފާހާނާ ކުރާ ކޮންމެ ފަހަރަކުވެސް ތިރީހަކަށް މިނެޓު ފޯނުން ގޭމު ކުޅުމުގައި ހޭދަކުރާ މީހެކެވެ. އެގޮތުން ފާހާނާކުރަމުން ފޯނުނުް ގޭމް ކުޅެމުންދަނިކޮށް ފޫކޮޅަށް އެއްޗެއް ހެރުނުހެން ހީވެގެން ތެދުވެ ބަލައިިލި އިރު ފަހަތުން ހަރުފައިގެ އެއްބައި ފެންނަން އޮތެވެ. ހަރުފައިގެ ދެ ދަތް އޭރު ހުރީ ސޮބްރީގެ ފޫކޮޅުގައި ތާށިވެފައެވެ.

އޭނާ ބުނިގޮތުގައި އެ ވަގުތު ތެޅިގަތް ގަތީނުން ހަރުފަ ފޫކޮޅުން ނައްޓާލައި ރެސްކިއު ސާވިސް އަށް ގުޅައިގެ އެ ހަރުފަ ހިފާ އެ ފާހާނާއިން ބޭރުކުރިއެވެ.

ހިތްދަތި އެ ހާދިސާގެ ވާހަކަ ޓްވީޓް ކުރަމުން ސޮބްރީ ބުނެފައިވަނީ އޭގެ ފަހުން ދެތިން ހަފްތާ ވަންދެން ފާހާނާކުރަން ދަނީ ގެ ކައިރި މިސްކިތެއްގެ ފާހާނާއަށް ކަމަށެވެ.

އެ ހަރުފައަކީ ވިހަ ހަރުފައެއް ނޫންކަމުން މާ ބޮޑު ގެއްލުމެއް ނުލިބުނުނަމަވެސް ހަރުފައިގެ އެއް ދަތް ފޫކޮޅުގައި ހަރުލާފައި ހުރުމުންއެ ދަތް ނެގުމަށް ކުޑަ ސާޖަރީއެއް ކުރަންޖެހުނު ކަމަށް ބުނެފައިވެއެވެ.

ސޮބްރީގެ އެ ޓްވީޓަށް ބޮޑު މަގްބޫލުކަމެއް ލިބިފައިވާއިރު އޭނާ އިތުރަށް ބުނެފައިވަނީ ފާހާނަ މަތީގައި ފޯނުން ގޭމްކުޅުން މިހާރު ހުއްޓާލާފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް