ރާޖަޕަކްސަގެ އާއިލާއަށް ވިލާއެއް ވިއްކަން އުޅޭ ވާހަކަ ސޮނެވާއިން ދޮގުކޮށްފި

ސްރީ ލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އާއިލާއަށް ސޮނެވާގެ ރިސޯޓަކުން ޕްރައިވެޓް ވިލާއެއް ވިއްކަން އުޅޭ ވާހަކަ ސޮނެވާއިން މިއަދު ދޮގުކޮށްފިއެވެ. މިވާހަކަ ފެންމަތިވީ ދިޔަރެސް ނޫސް ޓީމުން ހ...

24 May 2022 | 07:21

ސްރީ ލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އާއިލާއަށް ސޮނެވާގެ ރިސޯޓަކުން ޕްރައިވެޓް ވިލާއެއް ވިއްކަން އުޅޭ ވާހަކަ ސޮނެވާއިން މިއަދު ދޮގުކޮށްފިއެވެ.

މިވާހަކަ ފެންމަތިވީ ދިޔަރެސް ނޫސް ޓީމުން ހިންގަމުން އަންނަ މޯލްޑިވްސް ޖާނަލްއިން ރިޕޯޓްކޮށްފައިވާ ހަބަރަކުންނެވެ. އެ ހަބަރުގައި ބުނެފައިވަނީ 12 މިލިޔަން ޑޮލަރަށް ސޮނެވާއިން ވިލާއެއް ވިއްކަން އެއްބަސްވެފައިވާކަމަށެވެ. އަދި އެކަމުގެ މެދުވެރިއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ.

ސޮނެވާއިން މިކަން ދޮގުކޮށް ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އެފަދަ މަޝްވަރާއެއް ކުރެވެމުން އަންނަކަމަށްބުނެ ފަތުރާފައިވަނީ ދޮގު ހަބަރެއް ކަމަށެވެ.

ސޮނެވާއިން މިކަން ދޮގުކޮށްފައިވާއިރު ސޮނެވާގެ ވެރިޔާ ސޯނޫ ސިވްދަސާނީވެސް ވަނީ މިކަން ދޮގުކޮށްފައެވެ. އަދި ރާޖަޕަކްސަގެ ދަރި، ނަމަލް ރާޖަޕަކްސަވެސް ވަނީ މިކަން ދޮގުކޮށްފައެވެ.

މޯލްޑިވްސް ޖާނަލްގައި ރިޕޯޓްކޮށްފައިވާގޮތުގައި އެހީ ހޯދުމުގައި އެއްވެސް ތަޖުރިބާއެއް ނެތް، ރައީސް ނަޝީދު ލަންކާއަށް އެހީ ހޯދައިދިނުމަށް މަސައްކަތް ކުރުމުގެ ނަމުގައި ކުރާ މަސައްކަތުގެ އަސްލު މަގްސަދަކީ ރާޖަޕަކްސަ އާއިލާއަށް "ސޭފް ހެވަން" އެއް ހޯދައިދިނުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް