ޖަރުމަނުވިލާތަށް، ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް ޝާން ޝާކިރު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.
އޭނާ އެ މަގާމަށް އައްޔަން ކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޭނާއަށް ރުހުން ދިނުމަށް ފާސްވީ29 މެމްބުންގެ އިއްތިފާގުންނެވެ.
ޝާން އަކީ ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްއެވެ. 2020 ވަނަ އަހަރު އެ މަގާމަށް އޭނާ އައްޔަން ކުރި އިރު އެއީ ރާއްޖޭގެ ފުރަތަމަ އަންހެން ޕްރޮޓޮކޯލްވެސްމެއެވެ.
މީގެ ކުރިން ޝާން އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ ދިވެހި ސަފީރު ކަމާއި ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީކަން ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް