ކައުންސިލަށް ހޮވުނު އިރުވެސް އެމްއާރްއެމްގައި އޮތުމަކީ ޕީޕީއެމް އާއި އީސީންވެސް ބަލަންޖެހޭކަމެއް: އެމްއާރްއެމް

ގއ. ވިލިނގިލި ކައުންސިލް ރައީސް ވިޝާލް މުހައްމަދު ކައުންސިލަށް ހޮވުނު އިރުވެެސް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގައި އޮތުމަކީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި އިލެކްޝަންސް ...

24 May 2022 | 05:18

ގއ. ވިލިނގިލި ކައުންސިލް ރައީސް ވިޝާލް މުހައްމަދު ކައުންސިލަށް ހޮވުނު އިރުވެެސް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގައި އޮތުމަކީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި އިލެކްޝަންސް ކޮމިޝަން (އީސީ) އިންވެސް ބަލަންޖެހޭކަމެއް ކަމުގައި އެމްއާރްއެމްއިން ބުނެފިއެވެ.

"އެމްއާރްއެމްއިން މިހެން ބުނެފައިވަނީ ޕީޕީއެމް ޓިކެޓުގައި ވިލިނގިލި ކައުންސިލް ރައީސަކަށް ހޮވުނު ވިޝާލް އެމްއާރްއެމްއަށް ވަގަށް ވައްދައިފި" މި ސުރުހީގައި ދެން އޮންލައިންގައި ލިޔެފައިވާ ހަބަރަކަށް ރައްދުދެމުންނެވެ.

އެ ހަބަރަށް މައުލޫމާތުދެމުން ވިޝާލް ވިދާޅުވެފައިވަނީ އޭނާ އެމްއާރްއެމްއަށް ވައްދާފައިވަނީ ވަގަށް ކަމަށާއި އެކަން އެނގުނީ އިއްޔެ ބަލައިލުމުން ކަމަށެވެ. އޭނާ އަކީ އަބަދުވެސް ޕީޕީއެމް މެންބަރެއް ކަމުގައި ވިދާޅުވެފައިވެއެވެ.

އެކަމަށް ރައްދުދެމުން އެމްއާރްއެމްގެ ރަޖިސްޓްރާރ ފާތިމަތު ޝަހީދާ ވިދާޅުވެފައިވަނީ ވިޝާލް މުހައްމަދު އެމްއާރްއެމްގައި ރަޖިސްޓްރީ ކުރެވިފައިވަނީ 2019 ވަނަ އަހަރުގެ ކުރީކޮޅު ހުށަހެޅި ފޯމުތަކުގެ ތެރެއިން ކަމަށާއި އޭގެ ފަހުން 2020 ގައި ޕީޕީއެމް ކައުންސިލަރަަކަށް އިންތިހާބުވެވަޑައިގަތުމުން ޕީޕީއެމް ގައި ރަޖިސްޓްރީ ނުވެ އޮތުމަކީ އެ ޕާޓީންނާއި އީސީންވެސް ބައްލަވަންޖެހޭ ކަމެއް ކަމަށެވެ.

https://twitter.com/shahydha/status/1528957957115097088?s=21

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް