"އުރީދޫ ވޯލްޑް ކަޕް ފޯރި" ކެމްޕޭން ރަސްމީކޮށް ފަށާފައެވެ.
ކްރޮސްރޯޑް މޯލްޑިވްސްގައި ކުރިއަށްދިޔަ މި ކިކް އޮފް އިވެންޓްގައި ޓީމް އުރީދޫ އާއި ޓީމް ހާޑް ރޮކް ހޮޓެލް ގެ ފަރާތުން ވަނީ އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ.
މި ހަފްލާ އިފްތިތާހުކޮށްދެއްވީ ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓްގެ ގެ މިނިސްޓަރ، އަހްމަދު މަހުލޫފު އެވެ. މި ހަފްލާގައި ވޯލްޑް ކަޕް 2022 ގެ އޮފިޝަލް މެޗް ބޯޅަ "އަލް ރިހްލާ" ބޯޅައިގައި މިނިސްޓަރ ޖެއްސެވި ކިކާ އެކު އުރިދޫ މޯލްޑިވްސްގެ ވޯލްޑް ކަޕް ފޯރީގެ ހަރަކާތްތަށް ރަސްމީގޮތުން ފެށިގެން ދިޔައެވެ.
މިހަރަކާތާއި ގުޅޭގޮތުން އުރީދޫގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް ކޮމާޝަލް އޮފިސަރ، ޚާލިދު އަލް ޙަމާދީ ވިދާޅުވީ އުރީދޫ ވޯލްޑް ކަޕް ފޯރި ލޯންޗްކުރީ ހާރޑް ރޮކް ހޮޓެލް އާއި އެކު ކުޅެވުޅު އެކުވެރިކަމުގެ ފުޓްސަލް މެޗަކުން، ނަމަވެސް މިއީ ހަމައެކަނި ފެށުމެއް. ކަމަށެވެ. އޭނާ ވިދާޅުވީ މިފުޓްބޯޅަ ސީޒަނުގައި ކަސްޓަމަރުންނަށް ވަރަށް ހާއްސް ފުރުސަތުތަކާއި ހަރަކާތްތަކެއް ރާވާފައިވާ ކަމަށާއި އަމާޒަކީ ވޯލްޑް ކަޕް ގެ ދިވެހި ސަޕޯޓަރުންނަށް ހަނދާން ނައްތާނުލެވޭ ފަދަ ކުލަގަދަ، ފޯރިގަދަ ތަޖުރިބާތަކެއް ހޯދައިދިނުން ކަމަށެވެ.
ހަބޭސް ބޮޑުބެރު އަދި ރާއްޖޭގެ ރެޑްބުލް ފްރީ ސްޓައިލް ޗެމްޕިއަން މުހައްމަދު ސައިފް ޒާހިރުގެ ހާއްސަ ހަރަކާތްތަކާއެކު މި އިވެންޓް އިތުރަށް ފޯރިގަދަވެގެން ދިޔައެވެ. މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ވަނީ ވަރލްޑް ކަޕް ފުޓްބޯޅަ ސީޒަނަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް ކުލަގަދަ އަދި ފޯރިގަދަ ވަގުތުތަކަކަށް ހެދުމަށް އުރީދޫ މޯލްޑިވްސް އިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ފީފާ ވޯލްޑް ކަޕް ގަތަރު 2022 ގެ އޮފިޝަލް މިޑްލް އީސްޓް އެންޑް އެފްރިކާ ޓެލެކޮމިއުނިކޭޝަން އޮޕަރޭޓަރުގެ ގޮތުގައި އިއުލާނުކުރީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އުރީދޫ ގްރޫޕުން ފީފާ އަދި ވޯލްޑް ކަޕް 2022 އަށް ދޭ މި ވަރުގަދަ އެއްބާރުލުމާ އެއްގޮތްވާގޮތުގެ މަތިން، އުރީދޫ މޯލްޑިވްސް އިން ވެސް ރާއްޖޭގައި ތިބި ފުޓުބޯޅައަށް ލޯބިކުރާ ފަރާތްތަަކަށް ކުލަގަދަ އަދި އުފާވެރި ފުޓުބޯޅަ ފެސްޓިވަލެއް ތަޖުރިބާކުރުމުގެ މަގުފަހިކޮށްދިނުމަށް އުރީދޫއިން ވަނީ މަސައްކަތް ފަށާފައެވެ.
ފީފާ ވޯލްޑް ކަޕް ގަތަރު 2022 - ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ–21 ނޮވެމްބަރ އިން 18 ޑިސެމްބަރ 2022 ގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް