މާލޭގެ ހުރިހާ ހިސާބަކަށް އަލުން ކަރަންޓު ދީފި

މާލޭގެ ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދީފައިވާ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ. މުޅި މާލެއަށް އަލުން ކަރަންޓު ދެވިފައިި މިވަނީ ބައެއް ސަރަހައްދުތަކުން ކަރަންޓު ދިޔަތާ ފަސް ގަޑިއިރު ފަހުންނެވެ. ...

24 May 2022 | 04:27

މާލޭގެ ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދީފައިވާ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

މުޅި މާލެއަށް އަލުން ކަރަންޓު ދެވިފައިި މިވަނީ ބައެއް ސަރަހައްދުތަކުން ކަރަންޓު ދިޔަތާ ފަސް ގަޑިއިރު ފަހުންނެވެ. ރޭ ފަތިހު ހަތަރެއް ޖަހާކަށް ހާއިރު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ދިޔަ ނަމަވެސް މުޅި މާލެއިން ކަރަންޓު ކެނޑުނީ ހެނދުނު ހަތެއް ޖަހަނިކޮށެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓު ދިޔައީ ދިމާވި އާތު ފޯލްޓަކާ ހެދި ކަމަށެވެ.

ރޭ ފަތިހު ހަތަރެއް ޖެހިއިރު ކަރަންޓު ދިޔައީ އަށް "ފީޑާ ސްކިން" އަކުން ކަމަށެވެ. އެހެންވެ މައްސަލަ ދެނެގަންނަން ވަކިވަކިން ކޮންމެ ފީޑާއަކަށް ކަރަންޓް ދެމުން ދިޔަ ކަމަށެވެ.

އެކަމަކު މިއަދު ހެނދުނު ހަތެއް ޖަހާކަންހާއިރު މުޅި މާލެ އިން ކަރަންޓު ކެނޑުނީ އަށް ވަނަ ފީޑަރު ޖެއްސުމުންނެވެ.

ސްޓެލްކޯއިން ވަނީ ކަރަންޓު ކެނޑުމުން ދިމާވި ދަތިތަކަށް އާންމުންގެ ފަރާތުން މައާފަށް އެދިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް