ބޮލީވުޑްގެ އެންމެ އަނގަ ގަދަ އަދި ބޭކާރު އަނގަ ތަޅާ ކަންގަނާ ރަނާވަތުގެ އެންމެ ފަހުގެ ފިލްމު "ދާކަދް" ބަލާނެ މީހަކު ނުވެގެން ސިނަމާތަކުން ނަގައިފި އެވެ.
އެ ފިލްމު ރިލީޒް ކުރީ މިދިޔަ ހުކުރު ދުވަހު އެވެ. ފިލްމު ފުރަތަމަ ރިލިޒް ކުރި ދުވަހުވެސް ފިލްމު ބަލަން ސިނަމާތަކަށް ދިޔަ މީހުންގެ އަދަދު އިނގިލިން ގުޅާލެވޭހާ މަދު ކަމަށްވެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި މިހާރު އިންޑިއާގެ ހުރިހާ ސިޓީތަކެއްގެ ސިނަމާތަކުން މި ފިލްމު ވަނީ ނަގާފަ އެވެ. އެއީ ތިން ދުވަސް ތެރޭގައި ވަންނާނެ މީހަކު ނެތިގެން އެ ފިލްމުގެ ޝޯތައް ކެންސަލް ކުރަން ޖެހުމުންނެވެ.
މިހާރު އެ ފިލްމުގެ ބަދަލުގައި އެ ސިނަމާތަކުގައި ޖާގަ ދީފައިވަނީ މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި ފިލްމު "ބޫލް ބުލައިޔާ2" އަށެވެ. މި ފިލްމަކީ ކާތިކް އާރަޔް އާއި ކިއަރާ އަދްވާނީ ލީޑް ރޯލުން ފެނިގެންދާ ފިލްމެކެވެ.
ކަންގަނާގެ ފިލްމުގައި ލީޑް ރޯލުން ފެނިގެންދިޔައީ އޭނާ އާއި އެކު އަރްޖުން ރާމްޕަލް އާއި ދިވްޔާ ދުއްތާ އެވެ. މި ފިލްމު ބަލާނެ ބަޔަކު ނުވި މައިގަނޑު ސަބަބަކީ ކަންގަނާ ފާޅު ކުރާ ހިޔާލުތައް ކަމަށް ވެ އެވެ.
އެއްވެސް ބެލުމެއް ނެތި ބޮލީވުޑްގެ ތަރިންނާއި ދިމާލަށް އެއްޗެހި ކިޔުމާއި ސިޔާސީ ފަރާތްތަކަށް ބޮޑެތި ތުހުމަތުތައް ކުރުމަކީ ކަންގަނާގެ އާދަ އެކެވެ. އެހެންވެ ގިނަ ބައެއްގެ ފާޑުކިޔުމާއި ނުރުހުން އޭނާއަށް އަމާޒުވެ އެވެ. ރިޕޯޓުތައް ބުނާގޮތުގައި މި ފިލްމަށް މިހާބޮޑު ނާކާމިޔާބަކާއި ކުރިމަތިވީ ކަންގަނާގެ ސަބަބުންނެވެ.
އޭނާއަކީ ކިތަންމެ ހުނަރުވެރި މީހަކަށްވިޔަސް މާ އަނގަބޮޑުވުމަކީ ކަންގަނާގެ ކެރިއަރު ހަލާކުގެ ތެރެއަށް ވެއްޓިފައިވާ އެންމެ ބޮޑު ސަބަބެވެ.
ކަންގަނާގެ "ދަކާދް" އަށް ވީގޮތުން އޭނާގެ ކުރިޔަށް އޮތް ދެ ފިލްމަށް ވާނެ ގޮތަކާއި މެދު ވަނީ ސުވާލު އުފެދިފަ އެވެ. މިހާރު އޭނާ މަސައްކަތް ކުރަމުންދަނީ ފިލްމު "ތޭޖަސް" އަދި "ސީތާ" ގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް