މުޅި މާލެއިން ކަރަންޓު ކެނޑިއްޖެ

ފަތިހު މާލޭގެ ބައެއް ސަރަހައްދުތަކުން ކެނޑުނު ކަރަންޓު އެއްކޮށް ނުދެވި އުޅެނިކޮށް މުޅި މާލެއިން ކަރަންޓު ކެނޑިއްޖެއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ސްޓެލްކޯއިން ދެންމެ ބުނީ މުޅި މާލެއިން ވަނީ ކަރަން...

24 May 2022 | 02:25

ފަތިހު މާލޭގެ ބައެއް ސަރަހައްދުތަކުން ކެނޑުނު ކަރަންޓު އެއްކޮށް ނުދެވި އުޅެނިކޮށް މުޅި މާލެއިން ކަރަންޓު ކެނޑިއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ސްޓެލްކޯއިން ދެންމެ ބުނީ މުޅި މާލެއިން ވަނީ ކަރަންޓު ކެނޑިފައިކަމަކަށާއި އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މުޅި މާލެއިން ކަރަންޓު ކެނޑުމުން އެކަމާއި ގުޅޭގޮތުން މީޑިއާއަށް މައުލޫމާތުދެއްވަމުން ސްޓެލްކޯގެ އެމްޑީ އަހްމަދު ޝަރީފް ވިދާޅުވީ ރޭ ހަތަރެއް ޖެހި އިރު އަށް ފީޑަރަކުން ކަރަންޓު ދިޔަ ކަމަށާއި ކަރަންޓު ދެމުން ގޮސް އަށްވަނަ ފީޑަރު ޖެއްސިތަނުން މުޅި މާލެއިން ކަރަންޓު ދިޔައީ ކަމަށެވެ.

"ފޯލްޓް އައިޑެންޓިފައި ކުރެވިއްޖެ، އަށްވަނަ ފީޑަރުން ސްވިޗް ގިއަރެއްގަ މައްސަލަ ޖެހުނީ" އެމްޑީ ވިދާޅުވިއެވެ.

އެމްޑީ އިތުރަށް ވިދާޅުވީ މިހާރު ފީޑަރުތައް ޖައްސަމުން އަންނަ ކަމަށާއި އަދި މިހާރު ކުރިއަށްދަނީ ސްވިޗް ގިއަރުގެ ކޭބަލް އެހެން ގިއަރަކާ ގުޅުމުގެ މަސައްކަތް ކަމަށެވެ.

ތަފްސީލް އަންނަނީ....

https://twitter.com/dhuvasmv/status/1528903474905288704?t=QeWD3nRdlRFs0OnQyWZ-0g&s=19

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް