މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެއެވެ.
ސްޓެލްކޯއިން ފަތިހު 4:30 ހާއިރު ބުނެފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުން މިވަގުތު ވަނީ ކަރަންޓު ކެނޑިފައިކަމަށާއި ވީ އެންމެ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށެވެ.
އެއަށްފަހު 05:14 ހާއިރު ބުނެފައިވަނީ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވަނީ ކުއްލިއަކަށް ދިމާވި އާތު ފޯލްޓަކުން ކަމަށާއި ސްޓެލްކޯގެ އިންޖިނޭރުންނާއި ޓެކްނީޝަނުން އަންނަނީ ކަރަންޓު ކެނޑިފައިވާ ސަރަަހައްދުތަކަށް ކަރަންޓު ދެވޭތޯ މަސައްކަތް ކުރަމުންކަމަށެވެ.
ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް ކަރަންޓު އަލުން ދިނުުމުގެ މަސައްކަތުގައި މިހާރު ބައެއް ސަރަހައްދުތަަކަށް ކަރްންޓް ދެވިފައިވާކަމަށާއި ނުދެވިވާ ސަރަހައްދުތަކަށް ކަރަންޓް ދިނުމަށް މަސައްކަތްކުރަމުން އަންނަކަމަށް މީގެ ކުޑައިރުކޮޅެއް ކުރިން، 05:30ގައި ސްޓެލްކޯއިން ވަނީ ބުނެފައެވެ.
މިއީ ކުންފުނީގެ އައު އެމްޑީ، އަހްމަދު ޝަރީފް އެމްޑީ ކަމާއި ހަވާލުވެވަޑައިގަތްފަހުން ކަރަންޓު ދިޔަ ފުރަތަމަ ފަހަރެވެ. ކަރަންޓު ކަނޑައިގެންދިއުމުން އެކަމުގެ އަޕްޑޭޓް ސީދާ އެމްޑީވެސް ގެންދެވީ މީޑިއާތަކާއި ހިއްސާ ކުރައްވަމުންނެވެ.
އެގޮތުން ސްޓެލްކޯއާއި މީޑިއާތަކާއި އެކު އެކުލަވާލާފައިވާ ވައިބަރ ގްރޫޕްގައި 05:09ގައި އެމްޑީ ވިދާޅުވެފައިވަނީ އާތު ފޯލްޓްވީ ސަބަބު އަދި ދެނެ ނުގަނެވޭކަމަށާއި ޖުމުލަ ނުވަ ފީޑަރަކުން ކަރަންޓު ކެނޑުނު ކަަމަށެވެ. ފަހަރަކު ފީޑަރެއް ޖައްސަމުން އަންނަކަމަށެވެ.
އެއަށްފަހު ޖައްސަމުންދިޔަ ފީޑަރުތަކުގެ އަޕްޑޭޓްވެސް މީޑިއާތަކާއި އެމްޑީ ގެންދަވަނީ ހިއްސާ ކުރައްވަމުންނެވެ. އެގޮތުން އެންމެ ފަހުން 05:36ގައި އެމްޑީ ވިދާޅުވެފައިވަނީ ބާކީ ހުރީ އެންމެ ފީޑަރެއް ކަމަށެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް