ކޮވިޑުގައި އައްޑޫން މީހަކު ނިޔާވެއްޖެއެވެ.
އައްޑޫލައިވްގައި ރިޕޯޓްކޮށްފައިވާގޮތގައި ނިޔާވެފައިވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ވެންޓިލޭޓަރުގައި ފަރުވާދެމުންދިޔަ އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވެފައިވަނީ މިރޭ 10:15 ހާއިރު ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
މިއީ ކޮވިޑުގައި އައްޑޫން ނިޔާވި ފުރަތަމަ މީހާއެވެ. މިއަދު ރާއްޖޭގައި ކޮވިޑުގައި ދުނިޔެ ދޫކުރި 11 ވަނަ މީހާއެވެ. މިއާއެކު ކޮވިޑުގެ މަރުގެ އަދަދު މިވަނީ 140 އަށް އަރާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް