އިތުރު 1417 މީހަކު ކޮވިޑަށް ޕޮޒިޓިވް

ރާއްޖެއިން އިތުރު 1417 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ( އިން ބުނެފައިވަނީ 1417 މީހަކު މިއަދު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރެއިން 1097 މީހަކު ޕޮޒިޓި...

24 May 2021 | 17:06

ރާއްޖެއިން އިތުރު 1417 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ( އިން ބުނެފައިވަނީ 1417 މީހަކު މިއަދު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރެއިން 1097 މީހަކު ޕޮޒިޓިވް ވެފައިވަނީ މާލެ ސަރަހައްދުން ކަމަށާއި އަތޮޅުތަކުން 303 މީހަކު ޕޮޒިޓިވް ވެފައިވާކަމަށެވެ. އަދި ރިސޯޓްތަކުން 17 މީހަކު ޕޮޒިޓިވް ވެފައިވާކަމަށެވެ.

މިއާއެކު ކޮވިޑުގެ ޖުމްލަ އަދަދު މިވަނީ 57،341 އަށް އަރާފައެވެ. މި ބަލިން 33،136 މީހަކު ރަނގަޅުވެފައިވާއިރު އެކްޓިވް ކޭސްތަކުގެ އަދަދަކީ 24،057 އެވެ. 282 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނައިރު މި ބަލީގައި ރާއްޖެއިން 139 މީހަކު މިވަނީ ދުނިޔެ ދޫކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް