މީ ބަލި ގަބޫލުކުރަންވީ ވަގުތެއް ނޫން، އެންމެން މަސައްކަތް ކުރަންވީ ވަގުތު: ޑރ. ނިޔާފް

މި ހަނގުރާމައިން ދިވެހިން ބަލި ގަބޫލުކޮށްގެން ނުވާނެ ކަމަށާއި މިއީ އެންމެންގެ މަސައްކަތް އިތުރުކުރަންވީ ވަގުތު ކަމުގއި ޑރ. އަބްދުﷲ ނިޔާފް ވިދާޅުވެއްޖެއެވެ. ޑރ. ނިޔާފް މިހެން ވިދާޅުވެފައިވަނީ މިއަދު ކު...

24 May 2021 | 15:50

މި ހަނގުރާމައިން ދިވެހިން ބަލި ގަބޫލުކޮށްގެން ނުވާނެ ކަމަށާއި މިއީ އެންމެންގެ މަސައްކަތް އިތުރުކުރަންވީ ވަގުތު ކަމުގއި ޑރ. އަބްދުﷲ ނިޔާފް ވިދާޅުވެއްޖެއެވެ.

ޑރ. ނިޔާފް މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ޑރ. ނިޔާފް ވިދާޅުވެފައިވަނީ ކޮންމެ މީހަކުވެސް އެ ގެންދަނީ އަމިއްލަ ހަނގުރާމައެއް ކުރަމުން ކަމަށެވެ. ހިތާމައަކީ ކޮންމެ ދުވަހަކުވެސް ބަޔަކު މި ހަނގުރާމައިގާ ބަލިވާކަން ކަމަށެވެ. ހިތް ފަޅައިގެންދާފަދަ ދުވަސްތަކެއް ކަމަށެވެ. ހިތްވަރު އެލޭ ކަހަލަ ދުވަސްތަކެއް ކަމަށެވެ. ފަހަރަކު މީހަކު މިދަނީ ގެއްލެމުން ކަމަށެވެ.

ހިތްވަރުގެ ބަސްތަކާއެކު ޑރ. ނިޔާފް ވިދާޅުވެފައިވަނީ އަހަރުމެން އެންމެން އިތުރަށް މަސައްކަތް ކުރަންވީ ކަމަށެވެ. މަތިންނާއި ތިރިން އަދި ދެމެދުންވެސް މަސައްކަތް ކުރަންވީ ކަމަށެވެ. އެކަކުވެސް އިސްތިސްނާ ނުވާނެހެން އެމީހަކަށް ކުރެވުނު ކަމެއް ކޮށް މި ހާލަތު ބަދަލުކުރަން މަސައްކަތް ކުރަންވީ ކަމުގައި ޑރ. ނިޔާފް ވިދާޅުވެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް