ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި އޫރުމަސްތަކެއް ނައްތާލައިފިއެވެ.
ނައްތާލާފައިވަނީ އޫރުމަހުގެ 18 ކޭސް ކަމަށާއި އެތަކެތީގެ ބަރުދަނުގައި 138.14 ކިލޯ ހުރި ކަމަށް ކަސްޓަމްސުން ބުނެއެވެ.
މި ތަކެތި ނައްތާލާފައިވަނީ 24 މެއި 2021 ވަނަ ދުވަހު ކ. ތިލަފުށި ސައިޓްގައެވެ.
މި ތަކެއްޗަކީ ކަސްޓަމްސްގެ ޢާންމު ޤަވާއިދުގެ 422 ވަނަ މާއްދާގެ ދަށުން އެކަށައެޅިފައިވާ، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ކަސްޓަމްސްއިން ނައްތާލުމުގައި ޢަމަލުކުރާނެ އުޞޫލުގެ ދަށުން ނައްތާލެވުނު ތަކެތި ކަމުގައިވެސް ކަސްޓަމްސުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް