ކޮވިޑުގައި އިތުރު ދިވެއްސަކު ނިޔާވެ، ކޮވިޑުގައި ރާއްޖެއިން މިއަދު ދުނިޔެ ދޫކުރި އަދަދު ނުވަޔަކަށް އަރައިފިއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ނުވަ ވަނަޔަށް ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ، އުމުރުން 41 އަހަރުގެ އަންހެނެކެވެ.
ކޮވިޑުގެ މަރު މިއަދު ނުވަޔަކަށް އަރާފައިވާއިރު، ހުޅުމާލެ މެޑިކަލް ފެސިލިޓީން މިއަދު މިވަނީ ހަތް މީހަކު މަރުވެފައެވެ. މިއީ ކޮވިޑުގައި ރާއްޖެއިން މިހާތަނަށް ދުނިޔެ ދޫކުރި 138 ވަނަ ފަރާތެވެ. މި މަސްތެރޭގައި ދުނިޔެ ދޫކުރި މިއީ 63 ވަނަ ފަރާތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް