ކޮވިޑްގައި، އެމްޕީ އިކްރާމްގެ މަންމަ ނިޔާވެއްޖެ

ކޮވިޑްގައި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަންގެ މަންމަ ހުސްނުއްނިސާާ (ދޮންކަމަނަ) ނިޔާވެއްޖެއެވެ. މިއީ އިސްލާމިކް ޔުނިވަރސިޓީގެ ލެކްޗަރަރ އުސްތާޛާ ވިސާމާ ޙަސަންގެ ވެސް ...

24 May 2021 | 13:16

ކޮވިޑްގައި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަންގެ މަންމަ ހުސްނުއްނިސާާ (ދޮންކަމަނަ) ނިޔާވެއްޖެއެވެ. މިއީ އިސްލާމިކް ޔުނިވަރސިޓީގެ ލެކްޗަރަރ އުސްތާޛާ ވިސާމާ ޙަސަންގެ ވެސް މަންމާފުޅެވެ.

ދޮންކަމަނަ ނިޔާވެފައި ވަނީ މިއަދު 2:30 ގައި ހުޅުމާލެ ފެސިލިޓީގައި ކޮވިޑަސް ފަރުވާދެމުން ދަނިކޮށެވެ. ދޮންކަމަނަ ނިޔާވިއިރު އުމުރަކީ82 އަހަރެވެ.

ދޮންކަމަނަ ކޮވިޑަށް ފަރުވާ ހޯއްދަވަމުންދިޔައީ މެއި 11 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

ރާއްޖެއިން މިހާރު ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދުތައް ވަނީ 137 އަށް އަރާފައެވެ. އަދި މިއަދު އެކަނި އެބަލީގައި ނިޔާވި މީހުންގެ އަދަދުތައް ވަނީ އަށަކަށް އަރާފައެެވެ.

މި މަހަކީ ރާއްޖެއިން މިހާތަަަނަށް އެންމެ ގިނަބަޔަކު ކޮވިޑް ބަލީގައި ނިޔާވި މަހެެވެ. އެގޮތުން މި މަހު މިހާތަނަށް އެ ބަލީގައި 62 ވަނީ ވަނީ ނިޔާވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް