ޝަމާއު އަށް ހެލްތު މިނިސްޓްރީގެ ނައިބުކަން ދީފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ހެލްތުގެ ނައިބުގެ މަޤާމަށް މ. ސަނީކޯސްޓް ޝަމާޢު ޝަރީފް މިއަދު ޢައްޔަންް ކުރައްވައިފިއެވެ. ޝަމާޢު ޝަރީފަކީ، ސްރީލަންކާގެ އެމެރިކަން ކޮލ...

24 May 2021 | 12:08

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ހެލްތުގެ ނައިބުގެ މަޤާމަށް މ. ސަނީކޯސްޓް ޝަމާޢު ޝަރީފް މިއަދު ޢައްޔަންް ކުރައްވައިފިއެވެ.

ޝަމާޢު ޝަރީފަކީ، ސްރީލަންކާގެ އެމެރިކަން ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންއިން ޑިޕްލޮމާއިން ސައިކޮލޮޖީއާއި، ސްރީލަންކާގެ އެމެރިކަން ނެޝަނަލް ކޮލެޖްއިން އެޑްވާންސް ޑިޕްލޮމާ އިން ކައުންސިލިންގް ސައިކޮލޮޖީ ޙާޞިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

މި މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން އެންމެ ފަހުން ޝަމާޢު ޝަރީފު އަދާކުރައްވާފައިވަނީ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަޤާމެވެ. މީގެ އިތުރުން ލޯކަލް ގަވަރންމަންޓް އޮތޯރިޓީގެ ބޯޑު މެންބަރުކަމާއި، މާލެ ސިޓީގެ ކައުންސިލް މެނބަރުކަން ވެސް ޝަމާޢު ވަނީ އަދާކުރައްވާފައެވެ.

އެންމެ ފަހުން މިނިސްޓަރ އޮފް ހެލްތުގެ ނައިބުގެ މަގާމުގައި ތިއްބެވީ އަލްއުސްތާޛާ ޝިޔާމާ މުހައްމަދާއި އަލްފާޟިލާ ނިޝާމާ މުހައްމަދެވެ. މި ދެ ބޭފުޅުން މަޤާމުން ވަކިކޮށްފައި ވަނީ ވެކްޓިލޭޓަރުގެ މައްސަލައިގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް