މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ގެންދިއުމަށް ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ބާއްވާ ގޮތަށް ނިންމައިފިއެވެ. މަޖިލީހުގެ އިދާރާއިން ހާމަކުރި ގޮތުގައި، މަޖިލީހުގެ ޖަލްސާތައް އޮންލައިން ކުރިއަށް ގެންދާނީ މާދަމާއިން ފެށިގެންނެވެ. އަދ...

24 May 2021 | 10:24

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ބާއްވާ ގޮތަށް ނިންމައިފިއެވެ.

މަޖިލީހުގެ އިދާރާއިން ހާމަކުރި ގޮތުގައި، މަޖިލީހުގެ ޖަލްސާތައް އޮންލައިން ކުރިއަށް ގެންދާނީ މާދަމާއިން ފެށިގެންނެވެ. އަދި އޮންލައިންކޮށް ޖަލްސާތައް ބޭއްވުމަށް ބޭނުންވާ ހުރިހާ އިންތިޒާމެއް މަޖިލީހުގެ އިދާރާއިން ހަމަޖައްސަމުންދާ ކަމަށް އެ އިދާރާއިން ބުނެއެވެ.

މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ބާއްވަން ނިންމީ، ކޯވިޑް-19ގެ ހާލަތު އިތުރަށް ގޯސްވުމުގެ ސަބަބުން، ދައުލަތުގެ އިދާރާތަކުގެ މަސައްކަތްތައް އޮންލައިންކޮށް ގެންދާ ގޮތަށް ކުރިއަށް ދާން އެޗްޕީއޭއިން ލަފާ ދިނުމުންނެވެ.

މަޖިލީހުގެ އިދާރާއިން މި ގޮތަށް ނިންމާފައި މިވަނީ، މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ގެންދަން މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޚައިތަމް ވެސް އެދިވަޑައިގެންފައި ވަނިކޮށެވެ.

އެންމެ ފުރަތަމަ ރާއްޖެއިން ކޯވިޑް-19ގެ ބަލި ފެނިގެން މުޅި ރާއްޖެ ފުރަބަންދުކޮށް މާލޭގައި 24 ގަޑިއިރު ކާފިއު ހިންގި ދުވަސްވަރު ވެސް މަޖިލީހުގެ ޖަލްސާތައް ބޭއްވީ އޮންލައިންކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް