ކޯވިޑަށް ފަރުވާ ހޯދަމުން ދިޔަ މީހަކު ހިންނަވަރުން މަރުވެއްޖެ

ޅ. ހިންނަވަރުގައި ކޯވިޑް ޖެހިގެން ފަރުވާ ހޯދަމުން ދިޔަ މީހަކު މަރުވެއްޖެ އެވެ. އެ ރަށުން ކޯވިޑް ޖެހިގެން މީހަކު މަރުވެފައިވާ ކަން ކައުންސިލުން ވަނީ މީޑިއާގައި ކަށަވަރުކޮށްދީފަ އެވެ. އެ ރަށުން މަރުވެފަ...

24 May 2021 | 09:38

ޅ. ހިންނަވަރުގައި ކޯވިޑް ޖެހިގެން ފަރުވާ ހޯދަމުން ދިޔަ މީހަކު މަރުވެއްޖެ އެވެ.

އެ ރަށުން ކޯވިޑް ޖެހިގެން މީހަކު މަރުވެފައިވާ ކަން ކައުންސިލުން ވަނީ މީޑިއާގައި ކަށަވަރުކޮށްދީފަ އެވެ. އެ ރަށުން މަރުވެފައިވަނީ އުމުރުން 87 އަހަރުގެ ދިވެހި ފިރިނެކެވެ.

އެމީހާ މަރުވެފައިވަނީ މިއަދު ހެނދުނު 11:00 ގައި އެވެ.

މިއީ މި ބަލީގައި ރާއްޖެއިން މަރުވި 137 ވަނަ މީހާ އެވެ. އަދި މިމަހު މަރުވި 60 ވަނަ މީހާ އެވެ.

ހިންނަވަރު ކައުންސިލުން ބުނީ އެމީހާ ކޯވިޑް ޕޮސިޓިވްވެފައިވަނީ މިމަހުގެ 19 ވަނަ ދުވަހު ކަމަށާއި ހާލު ދެރަވާން ފެށުމުން ސިއްހީ މަރުކަޒުގައި އެޑްމިޓް ކުރީ 21 ވަނަ ދުވަހު ކަމަށެވެ. އަދި މިއަދު މަރުވެފައިވަނީ އިތުރު ފަރުވާ ދިނުމަށް ބ. އަތޮޅު ކޯވިޑް މެނޭޖްމެންޓް ފެސިލިޓީއަށް އެ މީހާ ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް ކަމަށެވެ.

އޭނާއަކީ ސިކުނޑީގެ ބައްޔަކަށް ފަރުވާދެމުން ހޯދަމުން އައި މީހެކެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 55،924 މީހުން ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 23،464 މީހުންނަށް މިހާރު ދަނީ ފަރުވާ ދެމުންނެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައިވަނީ 32،322 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް