މާމިގިލި މަގުތަކަށް ބޭނުންވާ ޕޭވިން ބުލޮކްސް ގެންގޮސްފި

އދ. މާމިގިލީ މަގުހެދުމުގެ މަޝްރޫއުގެދަށުން މަގުތަކުގެ ސައިޑްވޯކް ޕޭވް ކުރުމަށް ބޭނުންވާ ޕޭވިން ބުލޮކްސް އެރަށަށް ގެންގޮސްފިއެވެ. މި މަސައްކަތްކުރާ އާރްއާރްޑީސީން ބުނާ ގޮތުގައި މި ތަކެތި މިހާރު ވަނީ އެ...

24 May 2021 | 09:37

އދ. މާމިގިލީ މަގުހެދުމުގެ މަޝްރޫއުގެދަށުން މަގުތަކުގެ ސައިޑްވޯކް ޕޭވް ކުރުމަށް ބޭނުންވާ ޕޭވިން ބުލޮކްސް އެރަށަށް ގެންގޮސްފިއެވެ.

މި މަސައްކަތްކުރާ އާރްއާރްޑީސީން ބުނާ ގޮތުގައި މި ތަކެތި މިހާރު ވަނީ އެރަށަށް ގެންގޮސް އަންލޯރޑް ކުރަމުގެ މަރުހަލާގައެވެ.

‏⁧‫އދ. މާމިގިލީ މަގުތައް ހަދަނީ ތާރު އަޅައިގެން ޒަމާނީ ފެންވަރަށެވެ. މިއީ އެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ ފުރަތަމަ މަޝްރޫޢެވެ. އާރްޑީސީން ވިދާޅުވީ މި މަސައްކަތުގެ ދަށުން އެރަށުގެ 6 މަގެއްގައި ތާރުއަޅާނެކަމަށެވެ. އެއީ ޖުމްލަ 4.89 ކިލޯމީޓަރުގެ މަގެވެ.

މަގުތައް ހަދަނީ ބޭނުންކުރަން ފަސޭހަ އަދި ފެންބޮޑުވުން ކުޑަވާނެގޮތްތަކަށް ފަރުމާކޮށްގެންނެވެ. މަހުމޫދު ވިދާޅުވީ މަގު ފަރުމާކޮށްފައިވަނީ ވާރޭވެހުމުން ބިންގަނޑަށް ފެން ހިންދޭނެގޮތަށްކަމަށެވެ. އަދި ބޮޑަށް ވާރޭވެހި ފެންބޮޑުވެއްޖެނަމަ ފެން ހިންދުމަށް ސްޓޯމް ވޯޓަރ ސިސްޓަމާއި، ޕަމްޕް ސްޓޭޝަން އެރަށުގައި ބަހައްޓާނެކަމަށެވެ.

މާމިގިލި މަގު ހެދުމުގެ މަސައްކަތް އާރްޑީސީއާ ޙަވާލުކޮށްފައިވަނީ 14މަސްދުވަހުން މަސައްކަތް ނިންމާގޮތަށެވެ. މި މަޝްރޫޢު ކުރިއަށްގެންދަނީ ސަރުކާރުގެ ބަޖެޓުން 10މިލިއަން ރުފިޔާ ޚަރަދުކޮށްގެނެނެވެ. މި މަސައްކަތަކީ 2020ގެ ބަޖެޓުގައި ހިމަނައިގެން ފެށި މަސައްކަތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް