ހެލްތު މިނިސްޓަރު އަހްމަދު ނަސީމް އެކަހެރިކޮށްފައިނުވާކަމަށާއި މިހާރުވެސް ހުންެނެވީ ދަރުބާރުގޭގައި ކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނު، މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މަބްރޫކް މިހެން ވިދާޅުވީ ވަގުތު ނޫހުގައި ޝާއިޢުކޮށްފައިވާ ހަބަރެއް ދޮގުކޮށް ކުރެއްވި ޓްވީޓެއްގައެވެ.
" ހައިރިސްކް މީހަކަށް ވާތީ ހެލްތު މިނިސްޓަރު ހުރީ އެކަހެރިކޮށްފައި - މުހައްމަދު އިސްމާއިލް" މި ޚަބަރު ދޮގުކޮށް މަބްރޫކް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ހެލްތް މިނިސްޓަރ މިވަގުތު ހުންނެވީ ދަރުބާރުގޭގައި ކަމަށާއި ކޮންމެ ދުވަހެއްގައިވެސް ގިނަ ވަގުތު ހޭދަކުރައްވަނީ އެޗް.އީ.އޯ.ސީ.ގެ މަސައްކަތްތަކުގައި ކަމަށެވެ.
ވަގުތު ނޫހުގައި އެ ޚަަބަރު ޝާއިޢުކޮށްފައިވަނީ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އީސްމާއިލް އޭނާގެ ފޭސްބުކް އެކައުންޓްގައި ކުރެއްވި ޕޯސްޓަކާ ހަވާލާދީއެވެ.
https://twitter.com/MvSpokesperson/status/1396755544384303105
ބުނެފައިވަނީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ނުފެންނަނީ ހައިރިސްކް މހަކަށް ވާތީ އެކަހެރި ކޮށްފައި ހުރުމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް