މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުނ ފެބްރުއަރީގައި އިއުލާން ކުރި ރާއްޖެއާއި ރާއްޖޭން ބޭރުން މަތީ ތައުލީމް ހާސިލް ކުރުމަށް ލޯނަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން ލޯނު ލިބުނު ކުދިންގެ ނަންތައް އާންމު ކޮށްފި އެވެ.
މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ބޭއްވިި ނޫސްވެރިންގެ ބައްދަލުވުމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ 417 ދަރިވަރަކަށް ލޯނު ދޭން ނިންމާފައިވާ ކަމަށެވެ.
މަތީ ތައުލީމާއި ތަމްރީނުގެ ލޯނު ސުކީމަށް 1،176 ދަރިވަރުން ވަނީ ކުރިމަތިލައިފަ އެވެ. މިނިސްޓަރ ވިދާޅުވީ ނަތީޖާ އާއި ދޭތެރޭ އެއްވެސް ޝަކުވާއެއް ވާނަމަ ހަފްތާއެއްގެ ތެރޭގައި މިނިސްޓްރީއަށް ހުށައަޅަން ވާނެ ކަމަށެވެ.
ޝަކުވާ ހުށައެޅުމުގެ އެންމެ ފަހު ތާރީހެއްކަމަށް މިނިސްޓަރ ބުނެފައިވަނީ ޖޫން 01 ވަނަ ދުވަހެވެ.
އެ ޝަކުވާތަކަށް ބެލުމަށް ފަހު ޖޫން 10 ވަނަ ދުވަހު ފައިނަލް ލިސްޓު އާންމު ކުރާނެ ކަމަށް މިނިސްޓަރު މިއަދު ވިދާޅުވިއެވެ.
މީގެ އިތުރުން ލޯނު ސްކީމުގައި ބައެއް ދާއިރާތަކުން ކުރިމަތިލީ އަދަދު ދަށްކަން ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ އެކައުންޓިން، އިންޖިނިއަރިން އަދި ސޯޝަލް ސައިންސްގެ ދާއިރާތަކުން ގިނަ ޖާގަތަކެއް ހާއްސަ ކުރި ނަމަވެސް ތަރުހީބު ކުޑަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް