ޗީފް ގައިޑް، މެޑަމް ފަޒްނާ އަޙްމަދު ހުޅުމާލޭ ފެސިލިޓީގައި ވޮލަންޓިއަރކުރައްވަނީ

ޗީފް ގައިޑް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ހުޅުމާލެ ކޯވިޑް ފެސިލިޓީގައި ވޮލަންޓިއަރާ ކުރައްވަމުން އެބަ ގެންދަވައެވެ. އެކަމަނާގެ އުފަން ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން މޯލްޑިވްސް...

24 May 2021 | 07:08

ޗީފް ގައިޑް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ހުޅުމާލެ ކޯވިޑް ފެސިލިޓީގައި ވޮލަންޓިއަރާ ކުރައްވަމުން އެބަ ގެންދަވައެވެ.

އެކަމަނާގެ އުފަން ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަނުން ބުނީ، ޗީފް ގައިޑް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ހުޅުމާލެ ކޯވިޑް ފެސިލިޓީގައި ވޮލަންޓިއަރާ ކުރައްވަމުން އެބަ ގެންދަވާ ކަމަށާއި އެކަމަނާއަކީ ޅަ ޒުވާނުންނަށް ހާއްސަކޮށް އަންހެން ކަނބަލުންނަށް ނަމޫނާއެއް ކަމަށެވެ.

ގަރލް ގައިޑް ހަރަކާތަކީ ދިރިއުޅުމަށް ބޭނުންތެރި އެތައް ކަމެއް ދަސްވެގެންދާ މުހިންމު ހަރަކާތެއް ކަމުގައި، ޗީފް ގައިޑް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ފާހަގަކުރައްވައެވެ.

އެކަމަނާއަކީ ދިވެހިރާއްޖޭގެ 6 ވަނަ ފަސްޓް ލޭޑީއެވެ. މިއަދަކީ އެކަމަނާގެ އުފަން ދުވަހެވެ.

ކޯވިޑް ފެސިލިޓީގައި މަސައްކަތްކުރާނެ ވޮލެންޓިއަރުން ހޯދުމަށް ހުޅުވާލި ފުރުސަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ފަޒްނާ އަހުމަދު ވޮލެންޓިއަރެއްގެ ގޮތުގައި ރަޖިސްޓްރީވެވަޑައިގެން އާދިއްތަ ދުވަހު ކޯވިޑް ފެސިލިޓީގައި 6 ގަޑި އިރު ވަނީ މަސައްކަތްކުރައްވާފައެވެ. ޕާސަނަލް ޕްރޮޓެކްޓިވް އިކުޕްމަންޓްސް (ޕީޕީއީ) ކިޓް އަޅުއްވައިގެން ފަޒްނާ ފެސިލިޓީގައި މަސައްކަތްކުރެއްވި އިރު އެތަނުގައި ތިބި ބަލި މީހުންނަށް އެއީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ކަމެއް ނޭނގެއެވެ. އަދި އެކަމަނާ ވެސް އެތަނުގައި މަސައްކަތް ކުރެއްވީ ރަޖިސްޓްރީ ކޮށްގެން މަސައްކަތްކުރާ އާންމު ވޮލެންޓިއަރެއްގެ ގޮތުގައެވެ.

ވޮލެންޓިއަރެއްގެ ގޮތުގައި ފެސިލިޓީގައި ހޭދަކުރެއްވި ވަގުތުގައި ކުރެއްވުނު އިހުސާސްތަކާ ގުޅޭ ގޮތުން ފަޒްނާ ވިދާޅުވީ ވަރަށް ގިނަ ބަލި މީހުންނާ ބައްދަލުވެވަޑައިގެންނެވި ކަމަށާއި، އެއީ ވަރަށް އަސަރުކުރުވަނިވި ވަގުތު ތަކެއް ކަމަށެވެ. ރަޖިސްޓްރީ ކުރެއްވީ ހަފްތާއަކު ދެ ފަހަރު މަސައްކަތްކުރައްވާ ގޮތަށް ކަމަށްވީ ނަމަވެސް އާދިއްތަ ދުވަހު ވަޑައިގެން މަސައްކަތް ކުރެއްވުމުން އެތަނުގައި ވޮލެންޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުން އިތުރަށް ބޭނުންފުޅުވެ ދުވަސް އިތުރު ކުރެއްވުމަށް މިހާރު އެދިވަޑައިގެންފައިވާނެ ކަމަށް ފަޒްނާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް