ހުޅުމާލޭ އިމާރާތުގެ މަތިން ޒުވާނާ ވެއްޓުމުގައި އިތުރު މީހެއްގެ ދައުރެއް ނެތް!

މިިދޔަ ބުރާސްފަތިދުވަގުރޭ ހުޅުމާލޭގައި އިމާރާތެއްގެ 6 ވަނަ ބުރިން ވެއްޓުނު މީހާ ވެއްޓުމުގައި އިތުރު މީހެއްގެ ދައުރެއް އޮތްކަން މިހާތަނަށް ފާހަގަކުރެވިފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ. ހުޅުމާލޭ ނިރޮ...

24 May 2021 | 05:59

މިިދޔަ ބުރާސްފަތިދުވަގުރޭ ހުޅުމާލޭގައި އިމާރާތެއްގެ 6 ވަނަ ބުރިން ވެއްޓުނު މީހާ ވެއްޓުމުގައި އިތުރު މީހެއްގެ ދައުރެއް އޮތްކަން މިހާތަނަށް ފާހަގަކުރެވިފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.

ހުޅުމާލޭ ނިރޮޅުމަގުގައި ހުރި އިމާރާތެއްގެ މަތިން ވެއްޓިފައިވަނީ އުމުރުން 21 އަހަރުގެ ޒުވާނެކެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އޭނާ އަށް އަޖީއެމްއެޗްގައި ފަރުވާދެމުން އަންނައިރު އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ހޭ ނެތްކަމަށެވެ.

އޮފިޝަލް ވިދާޅުވީ، ވިދާޅުވީ މިހާތަނަށް ބެލިބެލުމުން މީނާ ވެއްޓުމުގައި އެހެން މީހެއްގެ ދައުރެއް އޮތްކަން ފާހަގަކުރެވިފައިނުވާކަމަށެވެ. މިގޮތުން މި ހާދިސާ ހިނގުމުގެ 10 މިނެޓެއްހާއިރު ކުރިން މި މީހާ އެކަނި ގޮސް އެ އިމާރާތައް ވަންނަ މަންޒަރު ސީސީޓީވީ ފުޓޭޖްތަކުން ފެންނަ ހުރިކަމަށް ފުލުހުންގެ ފަރާތުން މައުލޫމާތު ދިފައި ވެއެވެ. އަދި އެނާ ވެއްޓިފައިވަނީ 6 ބުރީގެ އިމާރާތުގެ މަތިން ޖެހިގެން ހުރި 3 ބުރީގެ އިމަރާތުގެ މައްޗަށްކަމަށާއި މަގުމައްޗަށް ވެއްޓިފައިވަނީ އެ އިމާރާތުގެ މަތިންކަމަށް މިހާތަނަށް ބެލިބެލުމުން ފާހަގަކުރެވޭކަމަށް ފުލުހުން ހާމަކުރެއެވެ.

މި މިހާ ވެއްޓުނު 6 ބުރީގެ އިމާރާތައް ވަނުމުގެ ކުރިން ހުޅުމާލޭގެ މަގުތަކުގައި މިމީހާ އެކަނި އަޑުގަދަކޮށް ހަޅޭލަވަމުން ކޮޅުކޮޅަށް ދުވެފައި އުޅޭ މަންޒަރުތައް ފެންނަ ސީސީޓީވީ ފުޓޭޖްތައް ލިބިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް