އެމްޓީޓީސީން ވަޒީފާގެ ފުރުސަތުތަކެއް ހުޅުވާލައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީޓީސީ)ން ވަޒީފާގެ ފުރުސަތުތަކެއް ހުޅުވާލައިފި އެވެ. އެމްޓީސީން ވަނީ، އެ ކުންފުނީގެ މެރިން ޓްރާންސްޕޯރޓް ޑިވިޜަންގެ ތިރީގައި މިދަންނަވާ މަޤ...

24 May 2021 | 05:43

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީޓީސީ)ން ވަޒީފާގެ ފުރުސަތުތަކެއް ހުޅުވާލައިފި އެވެ.

އެމްޓީސީން ވަނީ، އެ ކުންފުނީގެ މެރިން ޓްރާންސްޕޯރޓް ޑިވިޜަންގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވާ ކަމަށް ބުނެ އިއުލާންކޮށްފައެވެ. ރަނގަޅު މުސާރައަކާެކު ސައިޓް އިންވެންޓްރީ އެސިސްޓެންޓްގެ މަގާމަށް އެ ކުންފުނިން 5 މީހުން އެބަ ހޯދައެވެ.

ހަމައެހެންމެ، ސަރވިސް އެސިސްޓެންޓްގެ މަގާމަށް ވެސް މީހަކު ހޯދަމުން ދާއިރު، ހދ. ކުޅުދުއްފުށި ހޮސްޕިޓަލްގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވާނޭފަދަ ވަސީލަތްތަކާއި ނިޒާމެއް ގާއިމުކޮށްދޭނެ ކޮށްދޭނެ ފަރާތެއް ހޯދުމަށް ވެސް އެމްޓީސީސީން ވަނީ އިއުލާންކޮށްފައެވެ.

މީގެ އިތުރުން، އެމްޓީސީސީގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންނަށް މެޑިކަލް އިންޝުއަރެންސްގެ ޓޮޕް އަޕް ކަވަރ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް، އަދި މޭނާ ގިމަތަ އެމްޓީސީސީ ހުޅުމާލެ ފެރީ ޓާމިނަލްގެ ތަނބުތައް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ވެސް އިއުލާންކޮށްފައި ވެއެވެ.

މި އިއުލާންތައް އެމްޓީސީސީން ވަނީ މިހާރު ގެޒެޓްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް