ކޯވިޑް ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މަރުވެފައި ވަނީ އުމުރުން 85 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވެފައިވަނީ ހެނދުނު 7:44 ގައި އެވެ.
މަރުވި އިރު އެމީހާއަށް ފަރުވާ ދެމުން ދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެވެ.
މިއީ ރާއްޖެއިން ކޯވިޑްގައި މަރުވި 134 ވަނަ މީހާ އެވެ. އަދި މިއަދު މި ބަލީގައި މަރުވި ފަސް ވަނަ މީހާ އެވެ.
މިއަދު މިހާތަނަށް ކޯވިޑްޖެހިގެން މަރުވެފައިވަނީ އުމުރުން 58 އަހަރުގެ މީހަކާއި 81 އަހަރުގެ މީހެކެވެ. ދެން މަރުވެފައިވަނީ އުމުރުން 77 އަހަރުގެ މީހަކާއި 93 އަހަރުގެ މީހެކެވެ.
އިއްޔެ ކޯވިޑް ޖެހިގެން ހަ މީހަކު މަރުވެފައި އެވެ. އޭގެ ތެރެއިން އެކަކު ފިޔަވާ އެންމެންނަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ މީހުންނެވެ. އަނެއް ީހާ މަރުވީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 55،924 މީހުން ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 23،464 މީހުންނަށް މިހާރު ދަނީ ފަރުވާ ދެމުންނެވެ.
ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައިވަނީ 32،322 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް