ކޯވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ އުމުރުން 93 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ މިއަދު ހެނދުނު 6:55 ގައި އެވެ.
މަރުވި އިރު ފަރުވާ ދެމުން ދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެވެ.
މިއީ ރާއްޖެއިން ކޯވިޑްގައި މަރުވި 133 ވަނަ މީހާ އެވެ. އަދި މިއަދު މި ބަލީގައި މަރުވި ހަތަރު ވަނަ މީހާ އެވެ.
މިއަދު މިހާތަނަށް ކޯވިޑްޖެހިގެން މަރުވެފައިވަނީ އުމުރުން 58 އަހަރުގެ މީހަކާއި 81 އަހަރުގެ މީހެކެވެ. ދެން މަރުވެފައިވަނީ އުމުރުން 77 އަހަރުގެ މީހެކެވެ.
އިއްޔެ ކޯވިޑް ޖެހިގެން ހަ މީހަކު މަރުވެފައި އެވެ. އޭގެ ތެރެއިން އެކަކު ފިޔަވާ އެންމެންނަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ މީހުންނެވެ. އަނެއް ީހާ މަރުވީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 55،924 މީހުން ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 23،464 މީހުންނަށް މިހާރު ދަނީ ފަރުވާ ދެމުންނެވެ.
ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައިވަނީ 32،322 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް