އެމެރިކާގެ މަޝްހޫރު ފަންނާނު ކިމް ކާޑޭޝަން ލޯބިވެރިއަކު ހޯދުމުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.
ކިމް އާއި ފިރިމީހާ ކާންޔޭ ވެސްޓު ވަރިވާން ކޯޓަށް ފޯމު ހުށަހެޅީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އެވެ. އޭގެ ފަހުން ދެމީހުން ވަކިން ދިރިއުޅެމުން ދާއިރު މާބޮޑު މުއާމަލާތްތަކެއް އާއިލާގެ ކަންކަމާއި ބެހޭގޮތުންވެސް ނުކުރެވޭ ކަމަށް ވެ އެވެ.
އެ ހަބަރަކީ މުނިފޫހިފިލުވުމުގެ ދާއިރާއަށް ޝޮކެއް ލިބިނު ހަބަރެކެވެ.
ކިމްގެ ގާތް މީހުންނާއި ހަވާލާދީ މީގެ މަހެއްހާ ދުވަސް ކުރިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ކިމް މިހާރު ދަނީ ލޯބިވެރިއަކު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އޭނާ ލޯބިވެރިއެއްގެ ގޮތުގައި ބޭނުން ވަނީ ވަރަށް ކުޅަދާނަ ހުނަރުވެރި މީހެއް ކަމަށް ޝަރުތުތަކުގެ ތެރޭގައި ހިމަނާފައިވާ ކަމަށް އެމީހާ މީޑިއާގައި ބުނެފައިވެ އެވެ.
އެކަމަކު މިހާރު ކިމްގެ ގާތް މީހުން ބުނަމުން ދަނީ އޭނާ މި ވަގުތަށް ލޯބިވެރިއަކު ބޭނުން ނުވާ ކަމަށެވެ. މިވަގުތު ކިމް ބޭނުން ވަނީ ދަރިންނާއި އެކު ވަގުތު ހޭދަކޮށް އޭނާގެ ރިއަލިޓީ ޝޯއަށް ވަގުތު ދޭށެވެ.
އަދި މިހާރު ކިމް ގަބޫލު ކުރަނީ އެހެން ގުޅުމަކަށް ދާން އަދި މާ އަވަސް ކަމަށާއި މިވަގުތު އޭނާ ހުރީ ކުރިން އަމިއްލަ ދިރިއުޅުމުގައި ހުރި ހިސާބަށް ވުރެ ހަމަޖެހިލެވިފައި ކަމުން އިތުރު ގުޅުމެއް މިވަގުތައް ބޭނުން ނުވާ ކަމަށް ބުނެފައިވެ އެވެ.
ކިމްގެ އެ ގާތް މީހާ ބުނެފައިވާ ގޮތުގައި ކިމް އަދި އެހެން މީހަކާއި ލޯބީގެ ގޮތުން ގުޅެން ބޭނުން ނުވިޔަސް ވަރަށް ގިނަ ހުށަހެޅުންތައް ދަނީ ލިބެމުންނެވެ. އެގޮތުން ބައެއް ޝާހީ އާއިލާތަކުގެ މީހުންނާއި، މަޝްހޫރު އެކްޓަރުންނާއި ކުޅިވަރު ކުޅުންތެރިންގެ އިތުރުން ބިލިއަނަރުންވެސް ދަނީ ކިމްއަށް ލޯބި ހުށަހަޅަމުން ކަމަށް ބުނެފައިވެ އެވެ.
ކިމް އާއި ކާންޔޭގެ ކައިވެނި ރޫޅާލަން ނިންމާފައިވަނީ ކިމް ބޭނުންވެގެން ހަ އަހަރު ފަހުންނެވެ. އެ ކައިވެންޏަށް ހަތަރު ކުދިން ލިބިފައި އެބަތިއްބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް