ކޯވިޑްގައި މިއަދުގެ ތިން ވަނަ މަރު، 77 އަހަރުގެ ފިރިހެނެއް

ކޯވިޑް ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ ރޭ މެންދަމު 3:18 ގައި އެވެ. މަރުވި އިރު އެމީހާ...

24 May 2021 | 04:28

ކޯވިޑް ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ ރޭ މެންދަމު 3:18 ގައި އެވެ.

މަރުވި އިރު އެމީހާއަށް ފަރުވާ ދެމުން ދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެވެ.

މިއީ ރާއްޖެއިން ކޯވިޑްގައި މަރުވި 132 ވަނަ މީހާ އެވެ. އަދި މިއަދު ކޯވިޑްގައި މަރުވި ތިން ވަނަ މީހާ އެވެ.

މިއަދު މިހާތަނަށް ކޯވިޑްޖެހިގެން މަރުވެފައިވަނީ އުމުރުން 58 އަހަރުގެ މީހަކާއި 81 އަހަރުގެ މީހެކެވެ.

އިއްޔެ ކޯވިޑް ޖެހިގެން ހަ މީހަކު މަރުވެފައި އެވެ. އޭގެ ތެރެއިން އެކަކު ފިޔަވާ އެންމެންނަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ މީހުންނެވެ. އަނެއް ީހާ މަރުވީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 55،924 މީހުން ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 23،464 މީހުންނަށް މިހާރު ދަނީ ފަރުވާ ދެމުންނެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައިވަނީ 32،322 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް