ކޯވިޑްގައި މިއަދު މިހާތަނަށް ދެ މީހުން މަރުވެއްޖެ

ކޯވިޑް-19 އަށް ފަރުވާ ދެމުން ދަނިކޮށް އިތުރު ދެ މީހުން މަރުވެއްޖެ އެވެ. އެޗްޕީއޭއިން ބުނެފައިވަނީ ކޯވިޑަށް ފަރުވާ ދެމުން ދަނިކޮށް މިއަދު ފުރަތަމަ މަރުވެފައިވަނީ އުމުރުން 81 އަހަރުގެ ދިވެހި ފިރިހެނެއް ...

24 May 2021 | 03:53

ކޯވިޑް-19 އަށް ފަރުވާ ދެމުން ދަނިކޮށް އިތުރު ދެ މީހުން މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނެފައިވަނީ ކޯވިޑަށް ފަރުވާ ދެމުން ދަނިކޮށް މިއަދު ފުރަތަމަ މަރުވެފައިވަނީ އުމުރުން 81 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ ރޭ މެންދަމު 2:02 ގައި އެވެ.

އެމީހާ އަކީ އައިޖީއެމްއެޗު އެމަޖެންސީ ސްރޫމަށް އެއްވެސް ހަރަކާތެއް ނެތިގެން އިތުރު ފަރުވާއަށް ގެއިން ގެންދިޔަ މީހެކެވެ. އެފަދަ މަރުތައް ކަނޑައަޅާނީ ކޯވިޑްގެ މަރުގެ ގޮތުގައި އެވެ.

ދެވަނައަށް މަރުވެފައި ވަނީއުމުރުން 58 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ މަރުވީ ރޭ ފަތިހު 4:25 ގައި އެވެ.

މަރުވި އިރު އެމީހާއަށް ފަރުވާ ދެމުން ދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެވެ. މިއަދު މަރުވެފައި ވަނީ ކޯވިޑް ޖެހިގެން ރާއްޖެއިން މަރުވި 130 ވަނަ އަދި 131 ވަނަ މީހާ އެވެ.

އިއްޔެ ކޯވިޑް ޖެހިގެން ހަ މީހަކު މަރުވެފައި އެވެ. އޭގެ ތެރެއިން އެކަކު ފިޔަވާ އެންމެންނަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ މީހުންނެވެ. އަނެއް ީހާ މަރުވީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 55،924 މީހުން ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 23،464 މީހުންނަށް މިހާރު ދަނީ ފަރުވާ ދެމުންނެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައިވަނީ 32،322 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް