ވިއްސާރައިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް!

މިދުވަސްވަރު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައިގައި ގަދަވަޔާއެކު ބޯކޮށްވާރޭވެހި އެކިރަށްތަކަށް ފެންބޮޑުވުމުގެ މައްސަލަތައް ދަނީ ކުރިމަތިވަމުންނެވެ. އަދި ވައިގަދަވުމުގެ ސަބަބުން ފުރާޅު އެއްލާލުމުގެ ޙާދ...

24 May 2018 | 14:37

މިދުވަސްވަރު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައިގައި ގަދަވަޔާއެކު ބޯކޮށްވާރޭވެހި އެކިރަށްތަކަށް ފެންބޮޑުވުމުގެ މައްސަލަތައް ދަނީ ކުރިމަތިވަމުންނެވެ. އަދި ވައިގަދަވުމުގެ ސަބަބުން ފުރާޅު އެއްލާލުމުގެ ޙާދިސާތަކެއް ދަނީ ހިނގާމުންނެވެ.

މިއަދާއި މާދަމާވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވެއެވެ. އަދި މިހާރުވެސް ހއ އަތޮޅާއި ގއ އަތޮޅާއި ދެމެދުގެ ރަށްތަކަށް ހަވީރު 16:45 އިން މިރޭ 20:45 އާއި ހަމައަށް މިވަނީ ޔެލޯ އެލާޓު ނެރެފައެވެ. ވުމާއެކު އަންނަނިވި ކަންކަމަށް ސަމާލުވުން މުހިންމެވެ.

1. ކޮންމެހެން ކުރަންޖެހިގެންނޫނީ ދަތުރު ނުކުރުން

2. އެކަށީގެންވާ މިންވަރަށްވުރެ ގިނައިން އުޅަނދަށް އެއްޗެހި އަދި މީހުން ނޭރުން

3.  ދަތުރުކުރާއިރު ހުރިހާ މުވާޞަލާތީ ވަސީލަތެއް ހަމަކުރުން

4.  އުޅަނދުގެ ސަލާމަތީ ކަންކަން ކަށަވަރު ނުކޮށް ދަތުރު ނުކުރުން

ގަދަވައިން ރާއްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް

1. ކޮޅިގަނޑުގައި އަންނަ ގަދަވަޔަށް ސަމާލުވެ ޚާއްޞަކޮށް ދެރަކޮށް ހެދިފައިހުންނަ އިމާރާތްތަކާއި ގެދޮރުފަދަ ތަންތަނުގެ ރައްކާތެރިކަން ބެލެހެއްޓުން.

2. ގަދަވަޔާއެކު ވާރޭވެހޭއިރު ރައްކާތެރި އިމާރާތެއްގައި ތިބުން.

3. ކޮޅިގަނޑުގައި ޖެހޭވައިގެ ސަބަބުން އެއްލާލަފާނެތަކެތި އެއްލާނުލާނެހެން ބަންދެފައި ބެހެއްޓުން.

4. ގޭގެ ފުރާޅު އެއްލާލާފާނެކަމަށް ސަމާލުވެ ރަނގަޅަށް ހަރުކޮށްފައި ބެހެއްޓުން.

ބޯކޮށް ވާރޭވެހި ފެންބޮޑުވުމުން ރާއްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް

1. ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވުން.

2. ގެއަށް ފެން ނުވަންނާނެހެން ރައްކާތެރި ފިޔަވަޅު އެޅުން. (ގޭގެ ކުރިމަތީގައި ވެލިބަސްތާ ފަދަ ތަކެތި ޖެހުން)

3. ގޭގެ ތެރޭގައި ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވެދާނެ ފަދަ މުދާ ފެން ނުޖެހޭނެހެން އުސްތަނަކަށް ބަދަލުކުރުން.

4. އުސްތަންތަނަށް ބަދަލު ނުކުރެވޭތަކެތި ފެނުގެ އަސަރު ނުކުރާ ތަނަކަށް ބަދަލުކުރުން.

އުދައިން ރާއްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް

1. އުދައިގެ ސަބަބުން ރަށުތެރެއަށް ލޮނުގަނޑު ވަދެ ގޭގެއަށް އަސަރުކޮށްފާނެފަދަ ޙާލަތަކަށް ތައްޔާރުވުމުގެ ގޮތުން ވެލިބަސްތާ ތައްޔާރުކޮށްފައި ބެހެއްޓުން.

2. އުދައިގެ ސަބަބުން ރަށުތެރެއަށޤ ވަންނަ ލޮނުގަނޑުގެ އަސަރު ނުކުރާނެ ގޮތަށް ރައްޔިތުންގެ މުދަލާއި އެހެނިހެން ސާމާނު ރައްކާތެރި ތަނަކަށް ބަދަލުކުރުން.

3. ގޮނޑުދޮށާއި ކައިރީގައި ހުންނަ ކެފޭ، ފިހާރަފަދަ ތަންތަން އުދައިގެ އަސަރުކޮށްފަނެކަމަށް ތައްޔާރުވުން.

4. ގޮނޑުދޮށާއި ކައިރި ސަރަހައްދުގައި ދުއްވާ އުޅަނދު ޕާކުކުރާ ފަރާތްތަކުން އުދައަރާފާނެކަމަށް ދުއްވާ އުޅަނދު އުދައިގެ އަސަރު ނުފޯރާނެ ތަނަކަށް ގެންދިޔުން.

ކަނޑުމަތީގެ ހާދިސާތަކުން ރާއްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް

1. ކަނޑުގެ ދަތުރު ކުރުމުގެ ކުރިން އޮޑީގެ ސަލާމަތީ ކަންކަން ހަމައަށް ހުރިތޯ ޔަގީންކުރުން.

2. އޮޑީގެ މުވާޞަލާތީ ވަޞީލަތްތައް މަސައްކަތްކުރޭތޯ ބަލައި ޗެކުކުރުން.

3. ދަތުރަށް ބޭނުންވާ ޕެޓްރޯލް/ޑީސަލް ހަމައަށް ހުރިތޯ ޔަގީންކުރުން.

4. އޮޑިއަށް އަރުވާ އެންމެންނަށް ހަމައަށް ލައިފު ޖެކެޓު ހުރިތޯ ޔަގީންކުރުން.

5. އޮޑީގައި ލައިފް ރާފްޓު ބެހެއްޓުން.

6. އޮޑީގައި އަލިފާން ނިއްވަން ބޭނުންކުރާ ފުޅި ބެހެއްޓުން. އަދި މިފުޅި ބޭނުންކުރާގޮތް އޮޑީގެ އެންމެނަށްވެސް ދަސްކޮށްދިނުން.

7. އިމަޖެންސީ ކޮންޓެކްޓްސް ނަންމަރުތައް ދައްކުވައިދޭ ގަނޑެއް އެންމެންނަށް ފެންނަ ތަނެއްގައި ތަތްކޮށްފައި ބެހެއްޓުން.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް