ނިޕާ ވައިރަސް ރާއްޖެ އައުމުގެ ފުރުސަތު އެބަ އޮތް: އެޗްޕީއޭ

ނިޕާ ވައިރަސް ފަތުރާ ބާވަތުގެ ވާ ރާއްޖޭގައި އުޅޭތީ މި ބަލި ރާއްޖެއަށް އައުމުގެ ފުރުސަތު އެބަ އޮތް ކަމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނެފި އެވެ. އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނ...

24 May 2018 | 11:24

ނިޕާ ވައިރަސް ފަތުރާ ބާވަތުގެ ވާ ރާއްޖޭގައި އުޅޭތީ މި ބަލި ރާއްޖެއަށް އައުމުގެ ފުރުސަތު އެބަ އޮތް ކަމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެއާ ކައިރި އިންޑިއާގެ ކެރެލާ ސްޓޭޓްގައި މި ވައިރަސް ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ. އެޗްޕީއޭއިން ބުނީ އެ ވައިރަސް ފަތުރާ ވާ ރާއްޖޭގައި އުޅޭތީ އެގްރިކަލްޗާ މިނިސްޓްރީގެ ލަފައާ އެކު ހާލަތު ބަލައި މޮނިޓަ ކުރަމުން އަންނަ ކަމަށެވެ.

ނިޕާ ވައިރަހަކީ ޓެރޯޕަސް އާއިލާގެ ވާލުން (ފުރްޓް ބެޓްސް) އާއި އޫރުން އިންސާނުންނަށް ޖެހޭ ބައްޔެކެވެ.

އެ އިދާރާއިން ބުނީ ނިޕާ ބަލި ޖެހުމުން ބައެއް މީހުންނަށް އެ ބަލީގެ އެއްވެސް އަލާމާތެއް ނުފެނި ހިނގައި ދާނެ ކަމަށެވެ. އެކަމަކު އެޗްޕީއޭއިން ދަނީ ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ވެސް އަޅަމުން އަންނަ ކަމަށެވެ.

މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ބޮލުގައި ރިއްސުމާއި ގައިގައި ރިއްސުމާއި ކަރުތެރެ ސަކަރާތްވުން ހިމެނެ އެވެ. ބަލި ޖެހޭ މީހުންގެ ސިކުނޑި އަށް ބަލީގެ އަސަރުކޮށް ބޯ އެނބުރުމާއި ހެއަށް ގޮތްވުން އަދި ފިޓް ޖެހުން ފަދަ އަލާމާތްތައް ވެސް ފެނެ އެވެ.

ނިޕާ ވައިރަސްއިން ސަލާމަތްވުމަށް އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި ގަސްގަހުގައި ހުންނަ މޭވާ ވާލުން ސަލާމަތް ކުރުން، ރުކުރާ ނެގުމުގައި ވާލުން ރައްކާތެރި ކުރުމުގެ އިތުރުން މޭވާ ބޭނުން ކުރުމުގައި އާންމު ސާފުތާހިރު ކަމަށް ސަމާލުކަން ދިނުމުގެ ގޮތުން ކެއުމުގެ ކުރިން ރަނގަޅަށް ދޮވުން ހިމެނެ އެވެ.

މި ބަލި އެންމެ ފުރަތަމަ ފެނިފައިވަނީ 2001 ވަނަ އަހަރު ބަންގްލަދޭޝް އިންނެވެ. ނިޕާ ވައިރަސްއަކީ ވަކި ހާއްސަ ފަރުވާއެއް އަދި ހޯދިފައި ނެތް ބައްޔެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް