މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ކުރިން ނެރުނު ޔެލޯ އެލާޓް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ފުޅާކޮށްފި އެވެ.
މެންދުރު ފަހު 03:15ގައި ނެރެފައިވާ މި އެލާޓްގައި ބުނެފައިވަނީ ގަދަ ވަޔާއެކު ހއ އިން ފެށިގެން ގދ އަތޮޅާއި ދެމެދަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.
ކަނޑު ގަދަވާނެ ކަމަށާއި އާންމުގޮތެއްގައި ގަޑިއަކު 25 މޭލާއި 32 މޭލު ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް