ރާއްޖޭގައި ޑންގީ ހުމާއި ވައިރަލް ފީވާ އަދި އިންފްލުއެންޒާ ފެތުރެމުންދާތީ ސްކޫލްތަކުގައި ކިޔަވައި ދިނުމުގައި ފަސޭހަ ގޮތަކަށް އަމަލު ކުރުމުގެ އިހުތިޔާރު އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް ދީފި އެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މިކަން އެޑިއުކޭޝަނުން ސްކޫލުތަކަށް އަންގާފައިވަނީ އަނގަބަހުންނެވެ. އަދި މިގޮތަށް އަމަލު ކުރުމުގެ ހުއްދަ ދީފައިވަނީ އަންނަ އާދިއްތަ ދުވަހުން ފެށިގެންނެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ސްކޫލުތަކަށް އަންގާފައިވަނީ މި ޓާމުގައި ކަވަރު ކުރަންޖެހޭ ބައި ކަވަރު ކުރެވިފައިވާނަމަ ބަންދު ކުރުމަށެވެ. އެހެން ނޫން ނަމަ ކުރިއަށްގެންދިއުމުގައި މައްސަލައެއް ނެތް ކަމަށެވެ.
މިކަމުގައި އެޑިއުކޭޝަނުން އަދި ރަސްމީކޮށް އެއްޗެއް ހާމައެއް ނުކުރެ އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އަތޮޅު ތެރޭގެ ބައެއް ސްކޫލްތަކުން ވަނީ އެ ރަށްރަށުގައި ޑެންގީ ހުން ފެތުރޭތީ ސްކޫލް ބަންދު ކުރުމުގެ ހުއްދައަށް އެޑިއުކޭޝަން މިނިސްޓްރީގައި އެދިފަ އެވެ. އެކަމަކު މިހާތަނަށް އެ ހުއްދަ ދީފައެއް ނުވެ އެވެ.
މި މައްސަައިގަ ދުވަހަށް މައުލޫމާތުދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރޯގާ އާއި ގުޅިގެން ސްކޫލެއް ބަންދު ކުރުމުގެ ހުއްދަ ދެނީ އެޗްޕީއޭގެ ލަފާގެ މަތިން ކަމަށެވެ. އެކަމަކު މިހާތަނަށް ވަކި ރަށެއްގައި ހުމާއި އަރިދަފުސް ރޯގާ ހަލުވި މިނެއްގައި ފެތުރޭތީ ސްކޫލް ބަންދު ކުރުމަށް އެދިފައި ނުވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް