އުރީދޫގެ ސްމާޓް ކެމްޕަސްއަށް ޖީޓީބީ އެވޯޑު ލިބިއްޖެ

އުރީދޫ މޯލްޑިވްސްގެ ސްމާޓް ކެމްޕަސްއަށް މޯބައިލް ފޯނުގެ ޝަރަފުވެރި ބައިނަލް އަގުވާމީ އެވޯޑެއް ކަމަށްވާ ގްލޯބަލް ޓެލެކޮމް ބިޒްނަސް (ޖީޓީބީ) އެވޯޑު ލިބިއްޖެއެވެ. އުރީދޫ ސްމާޓް ކެމްޕަސް އަކީ މައިކްރޯ ސޮފ...

24 May 2017 | 17:29

އުރީދޫ މޯލްޑިވްސްގެ ސްމާޓް ކެމްޕަސްއަށް މޯބައިލް ފޯނުގެ ޝަރަފުވެރި ބައިނަލް އަގުވާމީ އެވޯޑެއް ކަމަށްވާ ގްލޯބަލް ޓެލެކޮމް ބިޒްނަސް (ޖީޓީބީ) އެވޯޑު ލިބިއްޖެއެވެ.

އުރީދޫ ސްމާޓް ކެމްޕަސް އަކީ މައިކްރޯ ސޮފްޓާއި ގުޅިގެން މިދިޔަ އަހަރުގެ އޯގަސްޓު މަހު ތައާރަފު ކުރި ހިދުމަތެކެވެ.

މި ހިދުމަތަކީ މައިކްރޯ ސޮފްޓުގެ ކްލައުޑް އެޕްލިކޭޝަނެއް ކަމުގައިވާ "މައިކްރޯ ސޮފްޓް އިން އެޑިއުކޭޝަން" ބޭނުންކޮށްގެން ދޭ ހިދުމަތެކެވެ. ކަރުދާހުން ހިންގޭ ނިޒާމުތައް، ކްލައުޑް މެދުވެރިކޮށް ހިންގޭ ނިޒާމަކަށް ބަދަލުކޮށް، ކިޔަވައިދިނުމުގައި އުޅުއްވާ ފަރާތްތަކަށް އޮންލައިންކޮށް ކަރިކިއުލަމް ބެލެހެއްޓުމަށް އެހީތެރިވެދެއެވެ.

އުރީދޫއަށް ލިބުނު މި އެވޯޑާއި އެ ކުންފުނީގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ރޭ ލަންޑަންގައި އޮތް ރަސްމިއްޔާތެއްގައި ހެޑް އޮފް ސޭލްސް ހުސައިން ނިޔާޒެވެ.

ޖީޓީބީ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މޯބައިލް ހިދުމަތްދޭ 800 އަށް ވުރެ ގިނަ ޓެލޮކޮމް ހިމެނޭ އެސޯސިއޭޝަންއެކެވެ. އެއެވޯޑަށް ނޮމިނޭޓްވީ އުރީދޫގެ ކުންފުނިތަކުގެ ތެރެއިން އުރީދޫ މޯލްޑިވްސް އެކަންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް