މިފަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިޙާބަށްފަހު ސަރުކާރު ކޯލިޝަންގެ ފަރާތުން އެމްޑީއޭގެ ޖަގަހާގައި ބާއްވަމުންދާ ޖަލްސާތަކަށްދާ މީހުން މަދުވުމުން ކެލާ ދާއިރާގެ މެންބަރު އަލީ އާރިފު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.
ޕީޕީއެމް ވައިބަ ގްރޫޕަށް ފޮނުއްވި ކަމަށް ބުނާ އަދި މިހާރު އާއްމުވެފައިވާ މެސެޖެއްގައި އޭނާ ވިދާޅުވެފައި ވަނީ، ޕީޕީއެމް ކޯލިޝަންގެ ޖަގަހަ ޖަލްސާތަކަކީ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެގެން ބާއްވާ ޖަލްސާތަކެއް ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް އެ ޖަލްސާތަކުގެ "ހާޒިރީން ބުނެދެނީ އެހެން ވާހަކައެއް" ކަމަށް އަލީ އާރިފް ވިދާޅުވި އެވެ.
މި މެސެޖާ ގުޅޭ ގޮތުން އަލީ އާރިފް ވަކި ޖަވާބެއް ދެއްވާފައެއް ނުވެއެވެ. އޭނާ އެދިވަޑައިގަތީ، އެއީ އޭނާ ފޮނުއްވި މެސެޖެއްތޯ، އާއްމުކުރި މީހާ ގާތުން އެހުމަށެވެ. ޖަގަހަ ޖަލްސާގެ ހާޒިރީއާ ގުޅޭ ގޮތުން، ޕީޕީއެމްގެ ވައިބަ ގްރޫޕަށް މެސެޖެއް ފޮނުއްވިންތޯ މީޑިއާއިން ސުވާލުކުރުމުންވެސް އޭނާ ވަކި ޖަބާބެއް ދެއްވާފައެއް ނުވެއެވެ.
ކައުންސިލް އިންތިހާބަށް ފަހު ޕީޕީއެމް, އެމްޑީއޭ ޖަގަހައިގައި އަންނަނީ ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ޖަލްސާ ބާއްވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް