މޫސުމަށް ބަލައިގެން ނޫނީ ދަތުރު ނުކުރުމަށް އަންގައިފި

ރާއްޖެއަށް މިހާރު ކުރަމުން ދާ ހުޅަނގު މޫސުމުގެ ވިއްސާރައާއި ގުޅިގެން ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ބަލައި، މައުލޫމާތު ހޯދައިގެން ނޫނީ ދަތުރު ނުކުރުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކ...

24 May 2017 | 11:06

ރާއްޖެއަށް މިހާރު ކުރަމުން ދާ ހުޅަނގު މޫސުމުގެ ވިއްސާރައާއި ގުޅިގެން ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ބަލައި، މައުލޫމާތު ހޯދައިގެން ނޫނީ ދަތުރު ނުކުރުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކޮށްފި އެވެ.

އެމްއެންޑިއެފުން ބުނީ މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ވިއްސާރަ ދުވަސް ވަރަކަށް ވެފައި ވެފައި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ކުރިއަށް އޮތީ ރޯދަ މަސްކަމަށްވާތީ، ދަތުރުތައް ރޭވުމުގައި އިތުރަށް ސަމާލުކަން ދިނުމުގެ އިތުރުން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯއްދެވުމަށްފަހު ދަތުރު ރޭވުމަށް އެދޭ ކަމަށެވެ.

ކޯސްޓްގާޑުން ބުނީ މިދިޔަ ތިން ދުވަހު ކަނޑުމަތީގެ ހާދިސާތައް މަދުވެފައިވާ ކަމަށެވެ.

މެޓް އޮފީހުން ލަފާ ކުރާ ގޮތުގައި ކުރިޔަށް އޮތް 24 ގަޑިއިރު އަދި ދެ ތިން ދުވަހުވެސް ގަދަ ވަޔާއި އެކު ބޯކޮށް ވާރޭވެހޭނެ އެވެ. އަދި ވިއްސާރަ ގަނޑުގައި އާދަޔާ ހިލާފަށް ކަނޑުގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް