މެންޗެސްޓާ އެރީނާއަށް ދިން ޓެރަރިސްޓު ހަމަލާގެ ޒިންމާ އައިއެސް ޖަމާއަތުން ނަގައިފި

އިނގިރޭސިވިލާތުގެ މެންޗެސްޓާ އެރީނާގައި މިދިޔަ ހޯމަ ދުވަހު އޮތް ކޮންސަޓަކަށް ދިން ޓެރަރިސްޓު ޙަމަލާގެ ޒިންމާ އައިއެސް ޖަމާޢަތުން ނަގައިފި އެވެ. އައިއެސް ޖަމާޢަތުން އެ ޖަމާޢަތުގެ ރަސްމީ މީޑިއާ މެދުވެރި...

24 May 2017 | 10:47

އިނގިރޭސިވިލާތުގެ މެންޗެސްޓާ އެރީނާގައި މިދިޔަ ހޯމަ ދުވަހު އޮތް ކޮންސަޓަކަށް ދިން ޓެރަރިސްޓު ޙަމަލާގެ ޒިންމާ އައިއެސް ޖަމާޢަތުން ނަގައިފި އެވެ.

އައިއެސް ޖަމާޢަތުން އެ ޖަމާޢަތުގެ ރަސްމީ މީޑިއާ މެދުވެރިކޮށް އެކި ބަސްބަހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ޙަމަލާގައި 100 އަށް ވުރެ ގިނަ މީހުން މަރާލާފައިވާނެ ކަމަށެވެ. އަދި މީހުން ގިނައިން އެއްވެ އުޅޭ އެ ސަރަޙައްދަށް ޙަމަލާދީފައިވަނީ ގޮވާ ޒާތުގެ ޚާއްޞަ ޑިވައިސްއެއް ބޭނުންކޮށްގެން ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ޙަމަލާގައި މިހާތަނަށް 22 މީހަކު މަރުވެ، އެތައް ބަޔަކުވަނީ ޒަޙާމުވެފަ އެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ތްރީސާ މެއި ވިދާޅުވީ ހޯމަ ދުވަހު ދިން ޓެރަރިސްޓް ޙަމަލާއަށްފަހު އެ ޤައުމުގެ ސަލާމަތީ ޙާލަތު ވަރަށް ނާޒުކުވެފައިވާކަމަށާއި އެފަދަ އިތުރު ޙަމަލާއެއް ދިނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި އެ ޤައުމުގެ ސަލާމަތީ ބާރުން ޤައުމުގެ އަމަނަމާންކަން ވަރުގަދަ ކުރުމަށް މިހާރު މަސައްކަތް ކުރަމުންދާކަމަށްވެސް ތްރީސާ ވިދާޅުވި އެވެ.

އެ ޙަމަލާއާއި ގުޅިގެން މިހާތަނަށް 23 އަހަރުގެ މެންޗެންސްޓަގެ ފިރިހެނެއް ވަނީ ހައްޔަރުކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް