ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސޯނޫ ނިގަމްގެ ޓުވީޓާ އެކައުންޓު ޑީއެކްޓިވޭޓް ކޮށްފި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އޭނާ ޓުވިޓާ ބޭނުން ކުރުން ހުއްޓާލީ ޓުވިޓާ އަކީ އެއް ފަރާތަކަށް ޖެހިފައިވާ ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށް ބުނެ އެވެ. ސޯނޫ ވަނީ ޓުވިޓާ އެކައުންޓު ޑީއެކްޓިވޭޓު ކުރުމުގެ ކުރިން އެކަން އިއުލާނުކޮށް ސަބަބު ބުނެދިނުމުގެ ގޮތުން 24 ޓުވީޓުކޮށްފައި އެވެ. އަދި އޭނާ ވަނީ ނޫސްވެރިންނަށް އެ ޓުވީޓުތަކުގެ ސްކްރީން ޝޮޓް ނެގުމަށް އަންގާފައި އެވެ.
ސޯނޫ ޓުވީޓާ ބޭނުން ކުރުން ހުއްޓާލީ ލަވަކިޔުންތެރިޔާ އަބީޖީތް ބައްތަޗަރްޔާ ކުރި ޓުވީޓުތަކަކާއި ގުޅިގެން ޓުވިޓާއިން އޭނާ ސަސްޕެންޑު ކުރުމާ ގުޅިގެން ނެވެ. އަބީޖީތު ވަނީ އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ ގްރޫޕަކުން އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ ލީޑަރެއް ކަމަށްވާ ޕަރޭޝް ރަވާލް ބޮލުގައި އެޅުވި އަންހެން ކުދިން ޖިންސީ ޝިކާރައަކަށް ހަދައި ޓްރެފިކް ކުރުމުގެ ތުހުމަތަކާއި ގުޅިގެން އޭނާ ކުރި ޓުވީތަކަށް ތާއިދު ކޮށް ޓުވިޓާގައި ވާހަކަދައްކާފައި އެވެ.
ޕްރަކާޝް ވިދާޅުވެފައިވަނީ އެ ވާހަކަ ނޫހުގައި ޖެހި އަންހެން ލިޔުންތެރިއަކު ބަންނަން ޖެހޭ ކަމަށެވެ.
ސޯނޫ ބުނީ އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ ގްރޫޕުން މައްސަލަ ޖައްސައިގެން އަބީޖީތްގެ ޓުވިޓާ އެކައުންޓު ސަސްޕެންޑު ކުރި އިރު ޓުވިޓާއިން އެހެން މީހުން އެކަމާ ދޭތެރޭ ދެކޭ ގޮތްވެސް ބަލަންޖެހޭނެ ކަމަށެވެ.
މީގެ މަހެއްހާ ދުވަސް ކުރިން ސޯނޫ ނިގަމް ޓުވީޓާގައި ވަނީ ކުއްލި މަޝްހޫރު ކަމެއް ހޯދާފައި އެވެ. އަޑުގަދަ ކުރާއިން ބަންގި ގޮވުމާއި ދެކޮޅަށް އޭނާކުރި ޓުވީޓުތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސޯނޫ އަށް ވަނީ އަމާޒުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް