އިންޑިއާގެ ކޮޗިން ގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި އަންހެނަކު ނިޔާވެއްޖެ އެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ރ. މަޑުއްވަރީއަށް އުފަން އުމުރުން 24 އަހަރުގެ އައިޝަތު ރާއިހާ އެވެ. މި އެކްސިޑެންޓު ހިނގާފައިވަނީ ރޭ ދަންވަރު 2:00 ހާއިރު އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ރާއިހާ އިންޑިއާއަށް ގޮސްފައިވަނީ ފިރިމީހާ އާއި އެކު ބޭސްފަރުވާ އަށެވެ. އަދި އެކްސިޑެންޓު ހިނގީ ހޮސްޕިޓަލުން ނިމިގެން އޮޓޯއެއްގައި އެއަށް ދާން އުޅެނިކޮށް އެ އޮޓޯގައި އެހެން ވެހިކަލެއް ޖެހިގެންނެވެ.
ހާދިސާ ހިނގި އިރު ރާއިހާގެ އިތުރުން އޮޓޯގައި ތިން މީހަކު ތިއްބެވެ. އޭގެ ތެރެއިން އެކަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް