ފޮޓޯ ނަގާހިތްވާ މީހުންނަށް ހާއްސަ ވާވޭ ޕީ10 އަދި ޕީ10 ޕްލަސް ފޯނު އުރީދޫއިން ތައާރަފު ކޮށްފި

އަޅުގަނޑުމެންގެ ތެރޭގައި ފޮޓޯނަގާހިތްވާ އެތައްބަޔަކު އުޅޭއިރު އެމީހުންނަށް ހާއްސަކޮށް ވާވޭއިން އުރީދޫ އާއި ގުޅިގެން އެ ބްރޭންޑުގެ އާ ފޯނު ޕީ10 އަދި ޕީ10 ޕްލަސް ރާއްޖެއަށް ތަޢާރަފް ކޮށްފި އެވެ. ރޭ އާޓި...

24 May 2017 | 06:19

އަޅުގަނޑުމެންގެ ތެރޭގައި ފޮޓޯނަގާހިތްވާ އެތައްބަޔަކު އުޅޭއިރު އެމީހުންނަށް ހާއްސަކޮށް ވާވޭއިން އުރީދޫ އާއި ގުޅިގެން އެ ބްރޭންޑުގެ އާ ފޯނު ޕީ10 އަދި ޕީ10 ޕްލަސް ރާއްޖެއަށް ތަޢާރަފް ކޮށްފި އެވެ.

ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި މި ފޯނު ދިވެހިންނަށް ތަޢާރަފު ކޮށްފައިވާއިރު މި ފޯނަކީ ފޮޓޯ ނަގަން ބޭނުންވާ މީހުންނަށް އެއްމެ ކަމުދާނެ ފޯނެކެވެ. މި ފޯނުގެ ފަހަތުގެ ކެމެރާގެ ޕިކްޗާ ކޮލިޓީ އެތައް ގުނައަކަށް ރަގަޅުވެފައި މި ފޯނުގައި ސެލްފީ ކެމެރާގެ ކޮލިޓީވެސް ހަމަ އެހާމެ ރަނގަޅެވެ.

ފޮޓޯ ކޮލިޓީ 20 މެގަޕިކްސެލް އާއި 12 މެގަޕިކްސެލްގެ ޑުއަލް ކެމެރާ ހުންނަ މިފޯނުން ލޭޒަރ އޮޓޯފޯކަސްވެސް ކޮށްދެ އެވެ. އަދި މީގެ އިތުރުން  ވީޑިއޯވެސް މި ފޯނު ބޭނުންކޮށްގެން ކޮށްލެވޭނެ އެވެ.

ކެމެރާގެ އިތުރުން މި ފޯނަކީ ގިނަ އިރު އޭގެ ބެޓަރީވެސް ހިފަހައްޓާދޭ ފޯނެކެވެ.

މި ފޯނުތައް އުރީދޫއިން ވަނީ އެ ނެޓްވޯރކްގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހާއްސަ ޕެކޭޖްތަކާއެކު ލިބޭނެގޮތް ހަމަޖައްސާފަ އެވެ. އަދި އުރީދޫ މެދުވެރިކޯށް މި ފޯނު ގަންނަ ފަރާތްތަކަށް އެއް އަހަރުގެ މުއްދަތައް މަހަކު ދެ ޖީބީ ޑޭޓާ ހިލޭ ލިބިގެންދާނެ އެވެ.

އުރީދޫއިން ބުނީ ޕީ10 ގެ ފޯނެއް ވިއްކަނީ 8،299 ރުފިޔާއަށް ކަމަށެވެ. އަދި ޕީ10 ޕްލަސްގެ ފޯނެއް ވިއްކާނީ 9،899 ރުފިޔާއަށް ކަމަށެވެ.  އުރީދޫއިން ވަނީ ވާވޭގެ މި ފޯނުތައް މަހަކު އެންމެ 650 ރުފިޔާ ދައްކައިގެން 12 މަހުގެ އިންސްޓޯލްމަންޓަށް ފޯނުތައް ގަނެވޭގޮތް ހަދާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް