އޮރިޔާން ކާޑު ކުޅެން އުޅުމަށްފަހު ބޮލީވުޑްގެ ފިލްމުތަކުގައި މަސައްކަތް ކުރަން ފަށާ އަދި މިހާރު މަޝްހޫރު ބަތަލާއަކަށްވެފައިވާ ސަނީ ލިއޯނީ އާ ދެކޮޅަށް އިންޑިއާގެ އާންމު ރައްޔިތަކު ކޯޓުގައި ދައުވާއެއް އުފުލައިފި އެވެ.
ސަނީ ލިއޯނީ އާ ދެކޮޅަށް ދައުވާ އުފުލީ އިންޑިއާގެ އަޖްމޭރު އަވަށުގެ އަރިންޖޭ ކިޔާ މީހެކެވެ. އޭނާ ދައުވާ އުފުލީ ބޮލީވުޑް މެގަޒިން މަޖައްލާއެއްގައި ސަނީ ލިއޯނީގެ އާންމުން މިންގަނޑަށް ނުފެތޭ ފޮޓޯތަކެއް ހުރި ކަމަށް ބުނެ އެވެ. ދައުވާ އުފުލީ އެ މެގަޒިން މަޖައްލާއާއި ސަނީ ލިއޯނީގެ މައްޗަށެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން އަރިންޖޭގެ ދައުވާ ކޯޓުން މިހާރު ވަނީ ބަލައިގެންފަ އެވެ. ނަމަވެސް އެ މައްސަލަ ކުރިއަށްގެންދާނެ ތާރީހެއް އަދި އިއުލާނު ނުކުރާކަމަށް ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް