ލޯބިވެރިޔާއަށް ގަޑިއަށް އެއާޕޯޓަށް ނުދެވުމުން ބޮމެއް އޮތްކަމަށްބުނެ ފްލައިޓް ޑިލޭކޮށްފި

ފްރާންސްގެ ފިރިހެނަކު އޭނާގެ ލޯބިވެރިޔާއަށް ގަޑިއަށް އެއާޕޯޓަށް ނުދެވުމުން އެއާޕޯޓަށް ގުޅާ، ލޯބިވެރިޔާ ދަތުރުކުރުމަށް ހަމަޖެހިފައިވާ ފްލައިޓްގައި ބޮމެއް އޮތްކަމަށްބުނެ ފްލައިޓް ފުރުން ޑިލޭކޮށްފި އެވެ....

24 May 2015 | 15:36

ފްރާންސްގެ ފިރިހެނަކު އޭނާގެ ލޯބިވެރިޔާއަށް ގަޑިއަށް އެއާޕޯޓަށް ނުދެވުމުން އެއާޕޯޓަށް ގުޅާ، ލޯބިވެރިޔާ ދަތުރުކުރުމަށް ހަމަޖެހިފައިވާ ފްލައިޓްގައި ބޮމެއް އޮތްކަމަށްބުނެ ފްލައިޓް ފުރުން ޑިލޭކޮށްފި އެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި ހިނގި އެ ހާދިސާގައި އެއާޕޯޓަށ ގުޅި، އުމުރުން 33 އަހަރުގެ އެ ފިރިހެންމީހާ މިހާރު ހައްޔަރުކޮށްފައިވާއިރު އެއާޕޯޓަށް ގުޅާފައި ބޮމެއް އޮތް ކަމަށް ބުނުމުން ފުލުހުންވަނީ މުޅި އެއާޕޯޓް ހުއްޓުމަކަށް ގެނެސް އެއާޕޯޓް ބަލައި ފާސްކޮށްފަ އެވެ.

ފުލުހުން އެމީހާ ހައްޔަރުކުރީ އޭއާޕޯޓާ 20 ކިލޯމީޓަރު ދުރު ހިސާބަކުން ކަމަށް ވެ އެވެ. ހައްޔަރުކޮށް ސުވާލު ކުރުމުން އެކަން އެގޮތަށްކުރީ ލޯބިވެރިޔާއަށް ގަޑިއަށް އެއާޕޯޓަށް ނުދެވުމުން ކަމަށް އެމީހާވަނީ ބުނެފަ އެވެ. އަދި ލޯބިވެރިޔާއަށް އެއާޕޯޓަށް ދެވުނުލެއް ލަސްވީ މަގުތަކުގެ ބާރު ބޮޑުކަމުން ކަމަށްވެސް އެމީހާ ބުނެފައި ވެ އެވެ.

މި ކުށަށް ފްރާންސްގައި އަދަބެއްގެ ގޮތުން ދެ އަހަރުގެ ޖަލު ހުކުމެއް ނުވަތަ 33،000 ޑޮލަރުގެ ޖޫރިމަނާއެއް އަންނާނެ ކަމަށް ގާނޫނީ ވަކީލުންނާ ހަވާލާދީ ނޫސްތަކުގައި ބުނެފައި ވެ އެވެ. އަދި އެވަރުގެ ބޮޑު ރިސްކެއް ނެގުމުންވެސް ލޯބިވެރިޔާއަށް އެއާޕޯޓަށް ދެވުނީ ފްލައިޓް ނައްޓާލި ފަހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް