ވަކި ހިލާފަތެއް އިއުލާނު ކުރުމަށްފަހު އިރާގާއި ސޫރިޔާގައި އެ ހިލާފަތު ފުޅާކުރަން މަސައްކަތް ކުރަމުން އަންނަ އައިއެސް ޖަމާއަތާ ދެކޮޅަށް ހަނގުރާމަކުރުމަށް އީރާނުން އިރާގަށް ފައުޖެއް ފޮނުވައިފި އެވެ.
މީޑީއާ ރިޕޯޓްތައް ބުނާގޮތުން އިރާނުން އިރާގަށް ފޮނުވީ ކުދި ދެތިން ފައުޖެކެވެ. އަދި އީރާނުން އިރާގަށް ފައުޖު ފޮނުވީ އިރާގުގެ އެންމެ ބޮޑު ތެޔޮ މާރުކެޓް އޮންނަ ބެއިޖީ އައިއެސްގެ އަތްދަށުން އިރާގުގެ ބާރުގެ ދަށަށް ގެންދިއުމުގައި އެހީތެރި ވުމަށެވެ. އަދި ފޮނުވި ފައުޖު ކުޑަ ނަމަވެސް، ބާރުގަދަ ހަތިޔާރުގެ ވަރުގަދަ ސްޓޮކެއް ފޮނުވި ކަމަށް ވެ އެވެ.
އައިއެސްއާ ހަނގުރާމަކުރުމަށް އީރާނުން އިރާގަށް އެހީވި އިރު އިރާނާމެދު އެހާ ހިތްހަމަ ނުޖެހުނު ނަމަވެސް އެމެރިކާއިން ބުނެފައިވަނީ އީރާނުން އެހީވަނީ އިރާގު ސަރުކާރާ ގުޅިގެން ކަމަށް ވާނަމަ އެއަކީ މާބޮޑު މައްސަލައެއް ނޫން ކަމަށެވެ.
ބެއިޖީ އިރާގުގެ ކޮންޓްރޯލްދަށަށް ގެނައުމަށް މިހާރުވެސް އެމެރިކާގެ އެހީތެރިކަމާއެކު އިރާގުން މަސައްކަތް ކުރަމުން އަންނަ އިރު މިދިޔަ ހުކުރު ދުވަހު އެމެރިކާއިން ބުނެފައިވަނީ ބެއިޖީ އަނބުރާ އަތުލުމުގައި ކޮންމެވެސް ވަރެއްގެ ކާމިޔާބީއެއް ވެފއިވާކަމަށެވެ. ނަމަވެސް އައިއެސް އިން އެކަން ދޮގު ކުރެ އެވެ. އައިއެސްއިން ބުނަނީ ބެއިޖީ ދެން އިރާގަށް އަނބުރާ ނާތުލެވޭވަރަށް ބެއިޖީގައި އައިއެސްގެ ބާރު މިހާރު ގަދަވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް