މ.މުލީ ރައްޔިތަކާ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި އެރަށު ހޮސްޕިޓަލުގައި މަސައްކަތް ކުރަމުންދިޔަ ޑޮކްޓަރަކު ހައްޔަރުކޮށްފި އެވެ.
މިސްރަށް ނިސްބައިވާ އެ ޑޮކްޓަރު ހައްޔަރުކޮށްފައިވާކަން ފުލުހުން ކަށަވަރު ކޮށްދެ އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މުލީގައި މަރާމާރީ ހިންގައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ޑޮކްޓަރަކު ގެންގޮސްފައިވާ ކަމަށާއި، އޭނާ ގެންގޮސްފައިވަނީ އާންމުންގެ ފަރާތުން ލިބިދާނެ ގެއްލުމަކަށް ބަލައި ފުލުހުންގެ ހިމާޔަތް ދިނުމުގެ ގޮތުން ކަމަށެވެ.
މައުލޫމާތު ލިބިފައވާގޮތުގައި މިކަން ހިނގާފައިވަނީ އިއްޔެ ހަވީރު 6:30 ހާއިރު އެވެ. އެ މާރާމާރީގައި މުލީ މީހެއްގެ ކަރުގައި ޑޮކްޓަރު ހިފި ކަމަށާއި ކަރުގައި ހިފުމަށްފަހު ދޫކޮށްލީ އޭނާއަށް ނޭވާ ނުލެވުމުން ކަމަށާއި އެމީހާގެ އަތްވެސް އަނބުރާލާފައިވާކަމަށް މައުލޫމާތު ލިބެ އެވެ.
ފުލުހުން އިތުރަށް ބުނީ މިސްރުގެ އެ ޑޮކްޓަރު މުލީގައި މަސައްކަތް ކުރާތާ ޖޫޏް މަހަށް އެއް އަހަރު ފުރޭނެ ކަމަށެވެ. އަދި އެރަށުގައި އެ ޑޮކްޓަރު ދިރިއުޅެނީ އަންހެނުންނާއި ހަތް ކުދިންނާއެކު ގައި ކަމަށްވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ، މިސްރުގެ އެ ޑޮކްޓަރު މުލީގައި ހުއްނަތާ އެއްއަހަރު ފުރޭނީ ޖޫން މަހުގެ ނިޔަލަށެވެ. އޭނާ އެރަށުގައި ދިރިއުޅެނީ އަންހެނުންނާއި ހަތް ކުދިންނާއި އެކު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް