އެލައިޑަށް ސެކިއުރިޓީ ދިނުމާބެހޭ އެއްބަސްވުމެއްގައި ފުލުހުންނާއެކު ސޮއިކޮށްފި

އެލައިޑް އިންސުއަރެންސަށް ފައިސާގެ ސެކިއުރިޓީ ދިނުމަށް އެލައިޑް އިނސުއަރެންސާއެކު ފުލުހުން އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ. ފުލުހުން ބުނީ މިމެއި މަހުގެ 21 ވަނަ ދުވަހު ސޮއިކުރެވުނު މި އެއްބަސްވުމުގ...

24 May 2015 | 07:42

އެލައިޑް އިންސުއަރެންސަށް ފައިސާގެ ސެކިއުރިޓީ ދިނުމަށް އެލައިޑް އިނސުއަރެންސާއެކު ފުލުހުން އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

ފުލުހުން ބުނީ މިމެއި މަހުގެ 21 ވަނަ ދުވަހު ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން މާލެ ސިޓީ ޕޮލިސްގެ އިންސްލޭޝަން ސެކިއުރިޓީ ޔުނިޓުން އެލައިޑް އިންސުއަރެންސަށް ފައިސާގެ ސެކިއުރިޓީ ދިނުމަށް ހަމަޖެހިފައިވާކަމަށާއި އެލައިޑް އިންސުއަރެންސް ފައިސާގެ ސެކިއުރިޓީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާނީ އިންސްލޭޝަން ސެކިއުރިޓީ ޔުނިޓްގައި މަސައްކަތްކުރާ ސްޕެޝަލް ކޮންސްޓަބަލަރީގެ ފުލުހުން ކަމަށެވެ.

މިއެއްބަސްވުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ސޮއިކުރެއްވީ ސަރވިސް ސަޕޯޓް ޑައިރެކްޓްރޭޓް ހެޑް ޗީފް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޖަމްޝީދުއެވެ. އެލައިޑްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެލައިޑްގެ ޖެނެރަލް މެނޭޖަރ މުޙައްމަދު އަޙްމަދުއެވެ.

ސްޕެޝަލް ކޮންސްޓަބަލަރީގެ ފުލުހުން މިހާރުވެސް ދަނީ ސަރުކާރުގެ ބައެއް ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކަށް ފައިސާގެ ސެކިއުރިޓީ ފޯރުކޮށްދެމުންނެވެ. އަދި ހޮސްޕިޓަލްތަކާއި ސަރުކާރުގެ އެކި އިދާރާތަކާއި ބޭރުގެ އެކިއެކި އެމްބަސީތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައިވެސް ސްޕްޝަލް ކޮންސްޓަބަލަރީގެ ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް