ނާޒިމް މާލެ ވަޑައިގަތުމާއެކު ޖަލަށް ގެންގޮސްފި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގަތުމަށްފަހު މިއަދު ރާއްޖެ ވަޑައިގަތުމާއެކު ޖަލަށް ގެންގޮސްފި އެވެ. ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ނާޒިމްގެ އާ...

24 May 2015 | 07:36

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގަތުމަށްފަހު މިއަދު ރާއްޖެ ވަޑައިގަތުމާއެކު ޖަލަށް ގެންގޮސްފި އެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ނާޒިމްގެ އާއިލާއިން ބުނެފައިވަނީ ހެނދުނު 11:50 ގައި ޖެއްސި ސިންގަޕޫރު އެއާލައިންސްގެ ފްލައިޓުން ރާއްޖެ ވަޑައިގެންނެވި ނާޒިމް، އިމިގްރޭޝަނުން އެތެރެވެވަޑައިގަތުމާ އެކު ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ. އަދި އެ އަށް ފަހު، އެ ސާވިސްގެ އޮފިސަރުންގެ ބެލުމުގެ ދަށުން ނާޒިމް އެރައިވަލް ހޯލަށް ގެންދިޔަ ކަމަށްވެސް އާއިލާއިން ބުނެފައި ވެ އެވެ.

ބޭސްފަރުވާއަށް ނާޒިމް ސިންގަޕޫރަށް ވަޑައިގަތީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ. ބޭސްފަރުވާ ނިންމާލުމަށްފަހު ނާޒިމް މާލެ ވަޑައިގެންފައިވާއިރު ނާޒިމްގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ޗުއްޓީއެއް ނަންގަވާތީ ގާނުނީ ވަކީލަކަށް ހުސްނުއްސުއޫދު ވަނީ ހަމަޖައްސާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް