އުމުރުން އެންމެ 11 އަހަރުގައި ތިން ޑިގްރީ ހާސިލްކޮށްފި

ކެލިފޯނިއާގެ އުމުރުން އެންމެ 11 އަހަރުގެ ފިރިހެން ކުއްޖަކު އެއްފަހަރާ ތިން ޑިގްރީ ހާސިކްކޮށްފި އެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން ތާނިސްކް ނަމަކަށްކިޔާ މި ކުޑަ ފިރިހެން ކުއްޖާ ތިން ޑިގްރީ ހާސިލްކުރީ ކ...

24 May 2015 | 05:13

ކެލިފޯނިއާގެ އުމުރުން އެންމެ 11 އަހަރުގެ ފިރިހެން ކުއްޖަކު އެއްފަހަރާ ތިން ޑިގްރީ ހާސިކްކޮށްފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ތާނިސްކް ނަމަކަށްކިޔާ މި ކުޑަ ފިރިހެން ކުއްޖާ ތިން ޑިގްރީ ހާސިލްކުރީ ކެލިފޯނިއާގެ ސަކްރަމެންޓޯގައި ހުންނަ އެމެރިކަން ރިވާ ކޮލެޖުންނެވެ. އަދި ތާނިސްކާއެކު ޖުމްލަ 1800 ދަރިވަރުން ޑިގްރީ ހާސިލްކުރި ކަމަށްވެސް އެ ގައުމުގެ ނޫސްތަކުން ބުނެ އެވެ.

ތާނިސްކް ޑިގްރީ ހާސިލްކޮށްފައިވަނީ ހިސާބުންނާއި ސައިންސުންނާއި ފޮރިން ލޭންގުއޭޖުންނެވެ.

މީގެ ކުރިންވެސް ތާނިސްކް ވަނީ މިފަދަ ގޮތަކަށް އާންމުންގެ ސަމާލުކަމަށް އައިސްފަ އެވެ. އެއީ އުމުރުން 10 އަހަރުގައި ހައި ސްކޫލު ނިންމުމާ ގުޅިގެންނެވެ.

މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ތާނިސްކް ބުނެފައިވަނީ އަދި ތިން ޑިގްރީ ލިބުމަކީ އެހާ ބޮޑު ކަމެއް ކަމުގައި ނުދެކޭ ކަމަށާއި އުންމީދަކީ އެއްވުރެވެސް ބޮޑު ކާމިޔާބީއެއް ހޯދުން ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ތާނިސްކްގެ ސްކޫލަށް ދާން ފޫހިވާތީ ތާނިސްކަށް ކިޔަވާ ދިނީ އޭނާގެ މަންމަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް