އާންމުންގެ ބަޔަކު 16 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާކުރުމަށްފަހު އެ ކުއްޖާ އަންދާލައިފި

މެދުތެރެ އެމެރިކާގެ ގައުމެއް ކަމަށްވާ ގުއަޓެމާލާގައި އާންމުންގެ ބަޔަކު ނިކުމެ ރޯމާ ދުވާލު އުމުރުން 16 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް އެކިވަރުގެ އަނިޔާ ކުރުމަށްފަހު އެ ކުއްޖާގެ ގަޔަށް ޕެޓްރޯލް އަޅާ ...

24 May 2015 | 04:20

މެދުތެރެ އެމެރިކާގެ ގައުމެއް ކަމަށްވާ ގުއަޓެމާލާގައި އާންމުންގެ ބަޔަކު ނިކުމެ ރޯމާ ދުވާލު އުމުރުން 16 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް އެކިވަރުގެ އަނިޔާ ކުރުމަށްފަހު އެ ކުއްޖާގެ ގަޔަށް ޕެޓްރޯލް އަޅާ އެ ކުއްޖާ އަންދާލައިފި އެވެ.

އެ ގައުމުގެ މީޑީއާ ރިޕޯޓްތައް ބުނާގޮތުން އެ ކުއްޖާ އެގޮތަށް މަރާލާފައިވަނީ އުމުރުން 68 އަހަރުގެ ޓެކްސީ ޑްރައިވަރެއް މަރާލުމުގައި އެކުއްޖާ ބައިވެރިވި ކަމަށް ބުނެ އެވެ.

ރަހުމް ކުޑަގޮތަކަށް މަގުމަތީގައި މަރާލި އެ އަންހެން ކުއްޖާއަށް ގިނަ ބަޔަކު އަނިޔާކުރާ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު އެކުއްޖާއަށް އަނިޔާކުރާ މަންޒަރު ބަލަން ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ތިބި ކަމަށް ވެ އެވެ.

މިކަމާމެދު ގުއަޓެމާލާގެ ފުލުހުން ބުނެފައިވަނީ އެކަން ހުއްޓުވަން ފުލުހުން މަސައްކަތް ކުރި ކަމަށާއި ނަމަވެސް އާންމުންގެ ގިނަ ބަޔަކު ފުލުހުންނަށް ހުރަސް އެޅުމުން އެކުއްޖާ ސަލާމަތް ނުކުރެވުނީ ކަމަށެވެ.

ގުއަޓެމާލާއަކީ މިފަދަ ގޮތްގޮތަށް މީހުން މެރުން އާންމު ގައުމެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނާއިރު އެ ގައުމަކީ ދުނިޔޭގައި ހަވަނައަށް އެންމެ ގިނައިން މީހުން މަރާ ގައުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް