ފަސް ފުޅި ބަނގުރަލާއެކު ހުޅުމާލެއިން ކުޑަކުއްޖަކު ހައްޔަރުކޮށްފި

ފަސް ފުޅި ބަނގުރަލާއެކު ހުޅުމާލެއިން 16 އަހަރުގެ ކުޑަ ކުއްޖަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ މި ކުއްޖާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ 2015 މެއި 23 ވަނަ ދުވަހުގެ 17:17 ހާއިރު ހުޅުމާލޭ އި...

24 May 2015 | 03:57

ފަސް ފުޅި ބަނގުރަލާއެކު ހުޅުމާލެއިން 16 އަހަރުގެ ކުޑަ ކުއްޖަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި ކުއްޖާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ 2015 މެއި 23 ވަނަ ދުވަހުގެ 17:17 ހާއިރު ހުޅުމާލޭ އިރުމަތީ ފަރާތު ޕަމްޕް ސްޓޭޝަނަށް ކުއްޖަކު ކޮތަޅެއް ހިފައިގެން ވަންނަނިކޮށް ފެނިގެން ރިޕޯޓްކުރުމުން ހުޅުމާލޭ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން އެ ސަރަހައްދަށްގޮސް ކަމަށެވެ.

މި ކުއްޖާ ފުލުހުންގެ ބެލުމުގެދަށަށްގެނެސް ޕަމްޕް ސްޓޭޝަން އެތެރެއަށް ފުލުހުންވަދެ ބަލައި ފާސްކުރިއިރު އެތަނުގައި ހުދު ކޮތަޅެއްގެ ތެރެއިން ބަނގުރާކަމަށްޝައްކުކުރެވޭ  ފަސް ފުޅި ފެނުނު ކަމަށްވެސް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް